މަޤާމު:
|
ސީނިއަރ ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ
|
ރޭންކް:
|
އެމް. އެސް 3
|
ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން:
|
ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް އެންޑް ކޮމްޕެންސޭޝަން)
|
މުސާރަ:
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
މަހަކު -/4000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 2462/25 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
ތަޢުލީމާއި ތަޖުރިބާ:
|
-
ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
-
ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ ކްލެސިފިކޭޝަން ސިސްޓަމާއި ގްރޭޑިންގ ސިސްޓަމް އެކުލަވައިލުމާއި، ސިވިލް ސަރވިސްގެ ވަޒީފާތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި ހިންގުން.
- ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައާއި ޢިނާޔަތްތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، ސިވިލް ސަރވިސްގައި ހިމެނޭ ފަންނީ މަޤާމުތަކާއި އެހެނިހެން މަޤާމުތަކުގެ ސްކިލް ސެޓްތަކާއި މަޤާމުތަކުގެ ޝަރުޠު އެކުލަވައިލުމާއި މުރާޖަޢާކުރުމުގެ މަސައްކަތްކުރުމާއި ބެލެހެއްޓުން.
- ސިވިލް ސަރވިސްގައި ހިމެނޭ އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމުގެ މަސައްކަތްކުރުމާއި ބެލެހެއްޓުން.
- އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ސިސްޓަމާއި ރެކްރޫޓްމަންޓް ޓޫލްކިޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
- ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮގަނައިޒޭޝަނަލް ރިވިއު ހެދުމަށް އެކުލަވައިލަންޖެހޭ ޕޮލިސީތައް އެކުލަވައިލުމާއި އޮގަނައިޒޭޝަން ރިވިއު ހެދުމުގެ މަސައްކަތް ބެލެހެއްޓުން.
- ވިއުގަ 2.0 އިތުރަށް ތަރައްޤީކޮށް ބޭނުންވާ މޮޑިއުލްތައް ޑިވެލޮޕްކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، މޮޑިއުލްތައް ޓެސްޓްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
- މަސްއޫލު އޮފީސްތަކާއި އެ އޮފީސްތަކުގެ ދަށުން ހިނގާ އިދާރާތަކުގެ އިދާރީ އޮނިގަނޑުތައް ފަރުމާކޮށް ނުވަތަ މުރާޢާޖާކޮށް ވިއުގަ 2.0 އިން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ޕްރޮސީޖަރތަކާ އެއްގޮތަށް ވިއުގަ 2.0 އިން އެޕްރޫވްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި އޮފީސްތަކަށް ބޭނުންވާ ލަފާދިނުން.
- ސިވިލް ސަރވިސްގެ އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ޕްރޮޖެކްޓުގް ދަށުން އިދާރާތަކުން ކުރިއަށް ގެންދާ ވަޒީފާގެ އޮނިގަނޑުތަކާއި މުސާރައިގެ އޮނިގަނޑުތައް ފަރުމާކުރުމުގައި ބޭނުންވާ ލަފާދިނުން.
- ސިވިލް ސަރވިސްގެ އޮކިއުޕޭޝަނަލް ކްލެސިފިކޭޝަން ޕްރޮޖެކްޓުގް ދަށުން ތައްޔާރުކުރެވޭ ވަޒީފާގެ އޮނިގަނޑުތަކަށް މުވައްޒަފުން ހިޖުރަކުރުމުގެ އުސޫލު ކަނޑައެޅުން.
- ސިވިލް ސަރވިސްގެ ކެރިއަރ ފީލްޑްސް (ވަޒީފާގެ ދާއިރާތައް) ޤާއިމުކޮށް، މަސައްކަތު ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން.
- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭގޮތުން ކޮމިޝަނަށް ބޭނުންވާ ފަންނީ ލަފާ އެރުވުމާއި، ކޮމިޝަނުގެ ނިންމުންތަކާއި އެއްގޮތައް މަސައްކަތުގެ ޕްލޭންތައް ހަދައި، ހިންގައި ބެލެހެއްޓުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތަތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|