މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރޭނީ

މަޤާމް :އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރޭނީ
ބޭނުންވާ އަދަދު :3

ވަޒީފާގެ ފުރުޞަތު

މަޤާމު:   އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރޭނީ

ބޭނުންވާ އަދަދު:   3 (01 ދަރަވަންދޫ އެއަރޕޯޓަށް، 02 މާލޭ އެއަރޕޯޓަށް)

މަސައްކަތް ކުރަންޖެހޭ ތަން:   އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) އާއި ދަރަވަންދޫ އެއަރޕޯޓް

ޝަރުޠު:

  • އޯލެވެލް އިނގިރޭސިއާއި ހިސާބުން، އަދި އެސް.އެސް.ސީ ދިވެހި، އިސްލާމް އިން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތިން ހާސިލުކޮށްފައިވުން. (މީގެ އިތުރުން، އެކްރެޑިޓްކޮށްފައިވާ ޑިގްރީއެއް ނުވަތަ ޓެކްނިކަލް ޑިޕްލޮމާއެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ)

  • އުމުރު: 21 އަހަރާއި 25 އަހަރާ ދެމެދު. 

މުސާރައާއި ޢިނާޔަތްތައް: މަހަކު -/14،000 އާއި -/15،000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަތީ ރޭންކުގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ އިރުޝާދުގެ ދަށުން އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދިނުން. (ސިވިލް އޭވިއޭޝަން އޮތޯރިޓީން ލައިސަންސް ބޭނުންވާ މަސައްކަތްތައް މީގެ ތެރޭގައި ނުހިމެނޭނެއެވެ.)

  • ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އެއަރ ޓްރެފިކް މެނޭޖްމަންޓުގެ އެންމެ އިސް ފަރާތް ނުވަތަ އެއަރ ޓްރެފިކް ސަރވިސަސްގެ އެންމެ އިސްކޮށް ހުންނެވި ފަރާތަކުން އެދިއްޖެ ހިނދެއްގައި އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓާއި ޑޮމެސްޓިކް އެއަރޕޯޓުތަކުގެ އެއަރ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތްކުރުން.

  • އެއަރ ޓްރެފިކް ކޮންޓްރޯލް ބިނާވެފައިވަނީ ޓީމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ އުސޫލުގެ މައްޗަށްކަމަށްވުމާއެކު، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޓީމުގެ އެންމެހައި ސްޓާފުންނާއިއެކު މަސައްކަތްކުރުން.

މި ނަންބަރުގެ އިޢުލާނުގައި ކުރިން ޝާޢިޢުކުރެވިފައިވާ މި މަޤާމުގެ ތަފުސީލަށް ބަދަލު އައިސްފައިވާ ވާހަކަ ދެންނެވީމެވެ. މި 3  މަޤާމުގެ ތެރެއިން 2 މަޤާމު އެއީ މާލެ އެއަރޕޯޓަށެވެ. އަދި 1 މަޤާމު އެއީ ދަރަވަންދޫ އެއަރޕޯޓަށެވެ.


ހުށަހަޅަންޖެހޭ ލިޔުންތައް :  

- ސީވީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ 

ކުރިމަތިލުމުގެ ސުންގަޑި : 2016 ޑިސެންބަރު 28 ވަނަ ދުވަހުގެ 16:00.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:   

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސް އޮޕަރޭޝަންސް، އަލްފާޟިލް ޙުސައިން ނައީމް،

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީއާއި، ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  އެއް މަޤާމަށްވުރެ ގިނަ މަޤާމަށް އެދި ސިޓީ ހުށަހަޅާނަމަ، ކޮންމެ މަޤާމަކަށްވެސް ސިޓީއާއި ލިޔެކިޔުންތަކުގެ ވަކި ސެޓެއް ހުށަހަޅުއްވަންވާނެއެވެ.

25 ޑިސެންބަރު 2016
ހޯދާ