ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ވަޒީފާގެ ފުރުސަތު

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ރޭންކް:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (ރެކްރޫޓްމަންޓް އެންޑް އެންފޯސްމަންޓް)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕޯސްޓް އެމްޕްލޯއިމަންޓް އޮޑިޓްތަކާ ގުޅިގެން ރަނގަޅުކުރުމަށް އިދާރާތަކަށް އަންގާ ކަންތައްތައް އިދާރާތަކުން ރަނގަޅުކޮށް އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދޭތޯ މޮނިޓަރކުރުން.
  2. ކޮމްޕްލަޔަންސް އޯޑިޓްތަކާ ގުޅިގެން ރަނގަޅުކުރުމަށް އިދާރާތަކަށް އަންގާ، ސެކްޝަނުގެ މަސައްކަތާ ގުޅުންހުރި ކަންތައްތައް އިދާރާތަކުން ރަނގަޅުކޮށް އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދޭތޯ މޮނިޓަރކުރުން.
  3. ޕޯސްޓް އެމްޕްލޯއިމަންޓް އޮޑިޓާއި ކޮމްޕްލަޔަންސް އޮޑިޓްތަކާ ގުޅިގެން ރަނގަޅުކުރުމަށް އިދާރާތަކަށް އަންގާ އެންގުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ކުރިއަށް ގެންދިއުން.
  4. ޕޯސްޓް އެމްޕްލޯއިމަންޓް އޮޑިޓާއި ކޮމްޕްލަޔަންސް އޮޑިޓްތަކާ ގުޅިގެން ރަނގަޅުކުރުމަށް އިދާރާތަކަށް އަންގާ އެންގުންތަކާ ގުޅިގެން އިދާރާތަކުން އިތުރަށް މަޢުލޫމާތު ސާފުކުރަން ހުށަހަޅާ ކަންތައްތައް ސާފުކޮށްދިނުމާއި ޖަވާބުދާރީވުން.
  5. އޮޑިޓް ކުރުމުގައި ފާހަގަކުރެވޭ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ހިންގުމުގައި ދިމާވާ ދަތިތަކާ ގުޅިގެން، ގަވާއިދާއި އުސޫލުތަކަށް ގެންނަން ފެންނަ އިޞްލާޙުތައް ފާހަގަކުރުން.
  6. ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮޑިޓްތަކާ ގުޅިގެން ރަނގަޅުކުރުމަށް އިދާރާތަކަށް އަންގާ އެންގުންތަކާ ގުޅިގެން ފާހަގަކުރެވޭ އާންމު ކަންތައްތަކާއި އެކަންތައްތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތައް ނުވަތަ އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ރިޕޯޓުތައް އެކުލަވައިލުން.
  7. އޮޑިޓްގެ ހޯދުންތަކާ ގުޅިގެން އިދާރާތަކުން ތަންފީޒުނުކޮށް އިހުމާލުވާ ކަންތައްތައް ބަލައި ސްޕަވައިޒަރުގެ ސަމާލުކަމަށް ގެނައުން.
  8. އޮޑިޓްތަކާ ގުޅިގެން އިދާރާތަކުން ތަންފީޒުނުކޮށް އިހުމާލުވާ ކަންތައްތަކާ ގުޅިގެން ކޮމިޝަނުން ފިޔަވަޅުއަޅަން ނިންމާ ކަންތައްތަކުގައި ފިޔަވަޅުއެޅުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  9. އޮޑިޓްގެ ހޯދުންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ކޮމިޝަނުގެ އެހެން ސެކްޝަންތަކާއެކު ކޯޑިނޭޓްކޮށް މަޢުލޫމާތު ހިއްސާ ކުރުމާއި ފާހަގަކުރެވޭ ކަންކަން އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  10. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތަތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއުއާއި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2017 ޖަނަވަރީ 15 އާއި 29 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

23 ރަބީޢުލްއައްވަލް 1438

 

22 ޑިސެންބަރު 2016
ހޯދާ