މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ތަރުޖަމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ތަރުޖަމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި މިނިސްޓްރީން އެކުލަވައިލާފައިވާ އިލެކްޓްރޯނިކް ޓްރާންސަކްޝަން ބިލް، އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.  

އަންދާސީހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ، 2017 ޖަނަވަރީ 4 ވާ ބުދަދުވަހުގެ 14:00 ގައި މިނިސްޓްރީގެ 11 ވަނަ ފަންގިފިލާ (ވެލާނާގޭ) ގައި ހުންނަ ކޮންފަރަންސް ހޯލުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އަންދާސީހިސާބެއް ބަލައެއްނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333135 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާގޮތުގެ މަޢުލޫމާތާއި "އެޕްލިކޭޝަން ފޯ ބިޑް ސަބްމިޝަން" ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

26 ރަބީޢުލްއައްވަލް 1438

25 ޑިސެންބަރު 2016
ހޯދާ