އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ސަރަހައްދީ ގޮފީގެ ޢިމާރާތާއި ގޯތިތެރެއާއި ގޯތިތެރޭގައިވާ ތަކެތި ބެލެހެއްޓުމާއި މި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 9 ވާ ހޯމަދުވަހު 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ޢިމާރާތަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 2017 ޖަނަވަރީ 15 ވާ އާދީއްތަދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 11:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ 09:00 ން 14:00 އާ ދެމެދު 3348266 ނަންބަރު ފޯނާއެވެ.

25 ޑިސެންބަރު 2016
ހޯދާ