މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު:  އެސިސްޓެންޓް ޕްލާންޓް ޕްރޮޓެކްޝަން އޮފިސަރ                              ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމަންޓް     

މަސައްކަތް ކުރަންޖެހޭ ތަން

ހުޅުލެ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރުގެ ދާއިރާއިން ނުވަތަ އެންވަޔަރަންމަންޓުގެ ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- ސާނަވީ އިމްތިޙާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރުމަށް ހުއްދަ ދޫކުރުން.
  • ގަސްގަހަށް ޖެހޭ ބަލި ދެނެގަތުމަށް ރަށްރަށަށް ގޮސް އެކަމާ ގުޅޭ މަޢުލޫމާތު ދިނުމާއި، މިކަމާ ގުޅޭ ގޮތުން އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުން.
  • ގަސްގަހަށްޖެހޭ ބަލިތައް ދެނެގަތުމާބެހޭ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ރާއްޖެއަށް އެތެރެކުރެވޭ ގަސްގަހާގެއްސަށް، ގަސް އެތެރެކުރުމުގެ ހުއްދަ ދޫކުރުން.
  • ޕެސްޓް އައުޓްބްރޭކް ދަތުރުތަކުގައި ބައިވެރިވުން.
  • މިނިސްޓްރީން ފާހަގަކުރާ ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސް ފަދަ މުހިއްމު މުނާސަބަތުތަކާ ގުޅުވައިގެން ހިންގަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުމުގައި އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ގަސްގަހާ ގެއްސަށް ޖެހޭ ބަލިތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު

މަޤާމު:  އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ                              ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް ސެކްޝަން   

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ތަފާސްހިސާބާބެހޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސްދުވަހުގެ މަސްވެރިކަމުގެ ރިޕޯޓް ކޮމްޕައިލްކުރުމާއި މަސްވެރިކަމާގުޅޭ އެކިއެކި ތަފާސްހިސާބުތައް ނެގުމާއި މި ތަފާސްހިސާބުތައް ކޮމްޕައިލްކުރުމުގައި އެހީތެރިވެ އެކަމުގައި ބައިވެރިވުން.
  • އީ.އީ. ޒެޑްގައި ކުރެވޭ މަސްވެރިކަމުގެ މަޢުލޫމާތުތައް ޗެކްކޮށް ކޮމްޕައިލްކޮށް ބެލެހެއްޓުން.
  • މޫސުމާއި، މަސްވެރިކަމުގެ ރިޕޯޓު ބެލެހެއްޓުމާއި ޗެކްކުރުމާއި އެންޓަރކުރުމުގެ މަސްތަކާއި، މަސްވެރިކަމުގެ އިމްޕޯޓް އެކްސްޕޯޓް ޗެކްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމު:  ވެޓެރިނަރީ އެސިސްޓަންޓް                                       ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 4

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމަންޓް    

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާ/ އެންވަޔަރަންމަންޓް މެނޭޖްމަންޓް ދާއިރާ/ ވެޓަރިނަރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

2- މަތީ ސާނަވީ އިމްތިޙާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ"  ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދިރޭ ޖަނަވާރާއި ދިރޭ މަސް އެތެރެކުރުމުގެ ހުއްދަ ދޫކުރުމާއި ދޫނި ފާމާއި، ޕެޓް ފިހާރަތައް އިންސްޕެކްޓް ކުރުމާއި، ދޫނި އެތެރެކުރުމުގެ ލައިސަންސް ދޫކުރުން.
  • ދިރޭޖަނަވާރަށް އާންމުކޮށް ޖެހޭ ބަލިތަކަށާއި، އިންސާނުންގެ ގަޔަށް އަރާ ފަދަ ބަލިތަކަށް އެ ތަކެތި ގެންގުޅޭ ފަރާތްތައް ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގުމާއި ފިޝްމީލްއަށް ވެޓެރިނަރީ ހެލްތު ސެޓްފިކެޓް ދޫކުރުން.
  • ދިވެހިރާއްޖެއަށް އެތެރެކުރެވޭ ދިރޭ ޖަނަވާރު ބަލައި ފާސްކޮށް ސާމްޕަލް ނަގައި ޓެސްޓް ކުރަން ޖެހިއްޖެ ހިނދެއްގައި އެކަން ކުރުމާއި ދިރޭ ޖަނަވާރު ގެންގުޅުމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން.
  • ދިރޭ ޖަނަވާރަށް ބައްޔެއް ޖެހިފައިވާކަމަށް ޝައްކުކުރެވިގެން މިނިސްޓްރީއަށް އެންގުމުން ބަލި ތަޙުލީލުކުރުމަށް ސާމްޕަލް ނަގައި ބަލި ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:  ކައްކާ                                         ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

 

 

ރޭންކް

އެސް. އެސް 1

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޓްރެއިނިންގ އެންޑް އެކްސްޓެންޝަން ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

މަޤާމުގެ ޝަރުޠު

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ މުއައްޒަފުންނަށް ކައްކައި ކާންހެދުމުގެ އެންމެހައި މަސައްކަތްތައް ކުރުން.            
  • ބަދިގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި،  ބަދިގޭގައި ހިފައިގެންގުޅޭ ތަކެތި ސާފު ތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ބަދިގެއަށް ހޯދަންޖެހޭ ތަކެތި ހޯދުމުގައި އެހީތެރިވުން.
  • އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭ ގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ސިވިލް ސާރވިސްގެ ގަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

- ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސް (ހަމަޖެހޭ ވަޒީފާތަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް  ލިބޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ތައުލީމާއި ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓުގެ ކޮޕީ، އަދި ރާއްޖޭން ބޭރުން ހާސިލުކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް، ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސްއާއި އިމްތިހާނު ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 03 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އާއި 14:00 އާ ދެމެދު ނަންބަރު 3339244/3339241   ފޯނާ ގުޅުއްވުން އެދެމެވެ.

22 ޑިސެންބަރު 2016
ހޯދާ