މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ވޮޗަރު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސުޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: SS 1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ރިސްކްއެލަވަންސް: ހަމަޖެހިފައިވާ އުސޫލުން ވަޒީފާގެ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ދެވޭނެއެވެ.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ޑިވިޜަން/ ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. ލަންދޫ ޞިއްޙީ މަރުކަޒު

އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި:

ޑިއުޓީ އުސޫލުން (ޑިއުޓީ ރޮސްޓަރއާ އެއްގޮތަށް)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކަނޑައެޅިފައިވާ ޑިއުޓީގައި ޞިއްޙީ މަރުކަޒުން ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޑިއުޓީކުރުމާއި، ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން.

2. ޞިއްޙީ މަރުކަޒުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ޞިއްޙީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދިއުން.

3. މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސް ހައްދައި، ގަސްތަކަށް ފެންދީ، ގަސްކޮށައި ބެލެހެއްޓުމާއި، މަރުކަޒުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް މަސައްކަތްކުރުން.

4. މަރުކަޒުގެ ބޭރުގައި ހުންނަ ބޮކިތަކާއި، ފަންކާތަކާއި، ހޮޅިބުރިތަކާއި ގަޑި ފަދަ ތަކެތި ބަލައި، އެއްވެސް މައްސަލައެއް ދިމާވެފަވާނަމަ އެކަމެއް ޙައްލުކުރުން. މިގޮތުން ޙައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ، އިދާރީ މުވައްޒަފަކަށް އެކަމެއް ރިޕޯޓްކުރުން.

5. ޞިއްޙީ މަރުކަޒުން އިންތިޒާމްކުރާ ޖަލްސާތަކާއި، ބައްދަލުވުންތަކާއި، އެކިއެކި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

6. މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކާއި، އެކިއެކި އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

7. މީގެ އިތުރުންވެސް ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލިމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލިއިގެން

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ފޯމު ހުށަހެޅުމުގެ ސުންގަޑި:

2017 ޖަނަވަރީ 3 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައި މި މަރުކަޒުގައި އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން މި މަރުކަޒުގެ 6560599 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުން އެދެމެވެ. 

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016
ހޯދާ