މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް ފައިނޭންޝިއަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ހެޑް އޮފީހަށް، ޗީފް ފައިނޭންޝިއަލް އޮފިސަރުކަމުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޗީފް ފައިނޭންޝިއަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/28000 ރުފިޔާ (އަށާވީސްހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ރެސްޕޮންސިބިލިޓީ އެލަވަންސް:

މަހަކު -/5000 ރުފިޔާ (ފަސްހާސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ތަން:

މި ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާޓްމެންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމެންޓް

 

 

ފެންވަރު ނުވަތަ ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް، ފައިނޭންޝަލް އޮޑިޓިން، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެކައުންޓިންގ، ފައިނޭންސް، ފައިނޭންޝަލް އޮޑިޓިން، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއެއްގެ އިސް މަޤާމެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- CIMA ނުވަތަ ACCA ފަދަ ޕްރޮފެޝަނަލް އިދާރާއެއް ގަބޫލުކުރާ ފަރާތެއްކަމުގައިވުން.

 

 

އެހެނިހެން ޝަރުޠު:

- މަސައްކަތުގެ މާހައުލުގައި ގުޅިގެން މަސައްކަތް ކުރާ، މީހުންނާ މުޢާމަލާތްކުރަން ދަންނަ، ހުށަހަޅައިދިނުމުގެ ހުނަރު ހުރި، ޤާބިލް ފަރާތެއްކަމުގައިވުން.

- ވިޔަފާރި ކުރިއެރުވުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ހިސާބުތައް ބެލެހެއްޓުމާއި، މާލީ މުޢާމަލާތްތައް ކުރުމާއި، ކުންފުނީގެ ދެމެހެއްޓެނިވި މާލީ ޕްލޭންތައް ތައްޔާރުކުރުމުގެ ޢިލްމީ ޤާބިލްކަން ހުރުމާއި، ފަންނީ ޤާބިލްކަން ހުރުން.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކަށްވެސް އަދަބު އިޙްތިރާމާއެކު މުޢާމަލާތްކުރަން އެނގުން.

 

 

 

 

 

 

 

 

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ކުންފުނީގެ މާލީ ހުރިހާ ލިޔެކިޔުންތައް IFRS ގެ މިންގަނޑަށް ތައްޔާރުވެފައި ހުރިކަން ޔަގީންކުރުން.

2. ކުންފުނީގެ ހުރިހާ މާލީ ލިޔެކިޔުންތަކެއް ތައްޔާރުކުރުމާއި، އެ ލިޔެކިޔުންތައް IFRS އާ އެއްގޮތަށް އެކުލަވައިލެވިފައި ހުރިކަން ޔަގީންކުރުން.

3. ކުންފުނީގެ ބަޖެޓްތައް އެކުލަވައިލެވިފައިވާ ގޮތުގެ މަތިން ޚަރަދުތައް ބެލެހެއްޓުން.

4. ދުރު މުސްތަޤްބަލުގެ މާލީ ޕްލޭން ތައްޔާރުކޮށް، ކުންފުނީގެ މާލީ ލަނޑުދަޑިތައް ހާސިލުކުރުން.

5. މާލީ މުޢާމަލާތްތައް އެކުލެވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

6. ކުންފުނީގެ މާލީކަންކަމާ ގުޅިގެން މެނޭޖްމަންޓަށް ލަފާދިނުމާއި އެހީތެރިވުން.

7. ކުންފުނީގެ ވިޔަފާރި ޕްލޭންތަކާއި، ބަޖެޓާއި، ކުންފުނީގެ ވިޔަފާރީގެ ތަޞައްވަރު ދެނެގަނެ، ކަނޑައެޅިފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރެވޭނެ ގޮތަކަށް ކަންތައްތައް ތަރުތީބުކުރުމާއި، މި ތަރުތީބު SBU ގެ ޕްލޭނާއި ކުންފުނީގެ އަހަރީ ބަޖެޓާ އެއްފަދައިން ހުރޭތޯ ޔަގީންކުރުން.

8. ބޭރުގެ އޮޑިޓަރުންނާ ކުރެވޭ މާލީ މުޢާމަލާތްތަކާއި، ކުންފުނީގެ މާލީ ނިޒާމާއި، ފައިސާގެ މުޢާމަލާތްތަކާއި، އެތެރޭގެ ޚަރަދުތަކާއި، އެހެނިހެންވެސް ފައިސާގެ ހުރިހައިކަމެއް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ޒިންމާދާރުކަމާއެކު ކުރިއަށް ގެންދިއުން.

9. ކުންފުނީގެ މާލީ ރިޕޯޓުތަކާއި ވިޔަފާރީގެ ލިޔެކިއުންތައް ކަނޑައެޅިފައިވާ އުސޫލުން ތަރުތީބުކޮށް ބެލެހެއްޓުން.

10. ބެންކުތަކާއި، އިވެސްޓަރުންނާއި، މުދާ ދޫކުރާ ފަރާތްތަކާ އޮންނަ ގުޅުންތައް ރަނގަޅުކޮށް ކުންފުނީގެ އަޚްލާޤީ މިންގަނޑުގެ ތެރެއިން އެކަން ދެމެހެއްޓުން.

11. ކުންފުނި ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތުގެ ދިރާސީ ރިޕޯޓް ތައްޔާރުކުރުމާއި، އިންވެސްޓްކުރުމަށް ކުންފުނީގެ ފަރާތުން ފައިސާ ހޯދާނެ ގޮތާއި، އެ މަރުޙަލާތަކުގެ ތަޙުލީލީ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅައިދިނުން.

12. ކުންފުނީގެ މާލީ ހިސާބު ވިލަރެސްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާއެކު، އެ ނިޒާމުގެ ތެރެއިން ކުންފުނީގެ ފަރާތުން ހިންގާ ޕްރެޖެކްޓްތަކުގެ ޚަރަދުތަކުގެ ތަފްޞީލު ދިރާސާކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތައް ދިރާސާކޮށް، ޚަރަދުކުރެވޭނެ ނިޒާމް ހަރުދަނާކުރުން.

13. ކުންފުނީގެ ޚަރަދުކުރުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރުތީބުތައް ގެނެސް، ކުންފުނީގެ ރިޒާވް އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުން.

14. ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ހޯދުމަށްފަހު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަށް ހުށަހެޅުން.

15. ޕްރޮކިއުމަންޓް ސެކްޝަނާއި، އިދާރީގޮތުން ގުޅުންހުރި ސެކްޝަންތަކާ ގުޅިގެން ކުންފުނީގެ ހަރުމުދާ އިންޝުއަރކުރުން.

16. ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، މާލީ ހާލަތު، އޯޑިޓް ކޮމެޓީއަށާއި، މެނޭޖިން ޑައިރެކްޓަރަށާއި، ކުންފުނީގެ ޗެއަރމަނަށް ސާފުކޮށްދިނުން.

ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، މި ކުންފުނީގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޖަނަވަރީ 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މި ކޯޕަރޭޝަނުގެ ހެޑް އޮފީހަށް ފޮނުވުން އެދެމެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މީހާގެ ވަނަވަރު،

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.

4. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ،

5. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން،

6. ދޫކރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް.

7. ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:

މި ވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016
ހޯދާ