މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ.އުނގޫފަރު ރީޖަނަލް ހޮސްޕިޓަލްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓި ސްޓޯރީ ބިލްޑިންގެ ކުރެހުންތަކާއި، ބީ.އޯ.ކިއު އާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ރ.އުނގޫފަރު ރީޖަނަލް ހޮސްޕިޓަލުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓި ސްޓޯރީ ބިލްޑިންގެ ކުރެހުންތަކާއި، ބީ.އޯ.ކިއު އާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/122 (05 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

22 ޑިސެންބަރު 2016
ހޯދާ