މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކެންޓީނުގައި ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލްގައި ކެންޓީނުގައި ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 10:30 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދުރުވާ ފަރާތްތަކުން އަމީރު އަޙްމަދު މަގުގައި ހުންނަ މި ސްކޫލްގެ އޮފީހުގެ ގޭޓުން ވެންނެވުން އެދެމެވެ.

 

25 ޑިސެންބަރު 2016
ހޯދާ