މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް: MS 3

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ޕޮލިސީ ޕްލޭނިންގ، ލައިސެންސިންގ އެންޑް ރެގިއުލޭޝަން ޑިވިޜަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

 

 

 

 

ތަޢުލީމާއި ތަޖުރިބާ:

1. ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. ސޯޝަލް ސައިންސް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޑިޕާޓްމަންޓް/ޑިވިޜަންގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ސެކްޝަނުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސްޓްރެޓެޖިކް ޕްލޭންތައް ރާވާއި، އެ ޕްލޭންތައް އެކަށައަޅައި، އެ ތަންތަނާ ގުޅިގެން ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.

3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ އަހަރީ ވަރކް ޕްލޭންތައް އެކުލަވާލައި، އެ ތަންތަނާ ގުޅިގެން ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބަލައި، މިޑްއިޔަރ ރިވިއު ހެދުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކޮށް އިޞްލާޙުކުރުން.

4. ސަރުކާރުގެ ސިޔާސަތުތަކާއި މިނިސްޓްރީގެ މެންޑޭޓްގައިވާ ކަންތައްތައް ތަންފީޒުކުރެވޭނެގޮތުގެ ޕްލޭންތައް ރާވައި އެކަށައަޅައި، ކަމާބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން، ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.

5. މިނިސްޓްރީއާ ގުޅުންހުރި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރާއި ނަތީޖާ ހާސިލުވާ މިންވަރާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގަވާއިދުން މަޢުލޫމާތު ހިއްސާކުރުން.

6. މިނިސްޓރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ މަސައްކަތްތަކާއި ޑޯނަރ އޭޖެންސީތަކާ ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި މަޝްރޫޢުތައް ރާވައި، އެ މަޝްރޫޢުތައް ކަމާބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.

7. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވައިލެވޭ ވާރކް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، އެ މަސައްކަތްތައް ވިލަރެސްކުރުން.

8. ހުރިހާ ޕްރޮޖެކްޓްތައް، މިނިސްޓްރީގެ ސިޔާސަތުތަކާއި ޕްލޭނާ އެއްގޮތަށް ދޭތޯ ބަލައި، އެކަންކަން މޮނިޓަރކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ވެރިންގެ ސަމާލުކަމަށް ގެނެއުން.

9. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވައިލެވޭ ވާރކް ޕްލޭންތަކާއި އެހެންވެސް ބައިނަލްއަޤަވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ހުރިހާ ޕްރޮގްރާމްސް/ޕްރޮޖެކްޓްތައް ވިލަރެސްކުރުމާއި، އެ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރު ބަލައި މޮނިޓަރކޮށް ބެލެހެއްޓުމާއި ރިޕޯޓްކުރުން.

10. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވައިލެވޭ ވާރކް ޕްލޭންތަކާ ގުޅޭގޮތުން ބޭއްވޭ މިޑް ރިވިއުއާއި އެނުއަލް ރިވިއުގެ މަސައްކަތް ޑިވިޜަން/ސެކްޝަންތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު އެއްކޮށް، މި މަސައްކަތް ވިލަރެސްކުރުމާއި، ރީޕްރޮގްރާމް ކުރަންޖެހޭ ހަރަކާތްތައް ރީޕްރޮގްރާމް ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.

11. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވައިލެވޭ ވާރކް ޕްލޭންތައް ތަންފީޒުކުރުން ލަސްވެ ނުވަތަ ދަތިތަކެއް ދިމާވާނަމަ، މިކަންކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކަމާގުޅޭ ޑިވިޜަން/ސެކްޝަނާ މަޝްވަރާކޮށްގެން ކުރުމާއި، ޙައްލު ހޯދައި މަސައްކަތް ކުރިއަށްގެންދިއުން.

12. ޑިޕާޓްމަންޓް/ޑިވިޜަނުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ސެކްޝަނުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

13. މިނިސްޓްރީއާއި  މިނިސްޓްރީގެ  ދަށުން  ހިނގާ  އެންމެހައި  ތަންތަނުގެ  ސްޓްރެޓެޖިކް  ޕްލޭންތައް  ރާވާއި އެކަށައަޅައި، އެ ތަންތަނާ ގުޅިގެން ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.

14. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ އަހަރީ ވަރކް ޕްލޭންތައް އެކުލަވައިލައި، އެ ތަންތަނާ ގުޅިގެން ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބަލައި، މިޑްއިޔަރ ރިވިއު ހެދުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކޮށް އިޞްލާޙުކުރުން.

15. ސަރުކާރުގެ ސިޔާސަތުތަކާއި މިނިސްޓްރީގެ މެންޑޭޓްގައިވާ ކަންތައްތައް ތަންފީޒުކުރެވޭނެ ގޮތުގެ ޕްލޭންތައް ރާވައި އެކަށައަޅައި، ކަމާބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން، ޕްލޭންތައް ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޕްލޭންތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.

16. މިނިސްޓްރީއާ ގުޅުންހުރި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރާއި ނަތީޖާ ހާސިލުވާ މިންވަރާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގަވާއިދުން މަޢުލޫމާތު ހިއްސާކުރުން.

17. މިނިސްޓރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ މަސައްކަތްތަކާއި ޑޯނަރ އޭޖެންސީތަކާ ގުޅިގެން މަސައްކަތްކުރާނެ ދާއިރާތަކާއި މަޝްރޫޢުތައް ރާވައި، އެ މަޝްރޫޢުތައް ކަމާބެހޭ ޑިޕާރޓްމަންޓްތަކާ ގުޅިގެން ތަންފީޒުކުރުމުގެ މަސައްކަތް ވިލަރެސްކުރުން.

18. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވައިލެވޭ ވާރކް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، އެ މަސައްކަތްތައް ވިލަރެސްކުރުން.

19. ހުރިހާ ޕްރޮޖެކްޓްތައް، މިނިސްޓްރީގެ ސިޔާސަތުތަކާއި ޕްލޭނާ އެއްގޮތަށް ދޭތޯ ބަލައި މޮނިޓަރކުރުމާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ވެރިންގެ ސަމާލުކަމަށް ގެނެއުން.

20. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވައިލެވޭ ވާރކް ޕްލޭންތަކާއި އެހެންވެސް ބައިނަލްއަޤަވާމީ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގޭ ހުރިހާ ޕްރޮގްރާމްސް/ޕްރޮޖެކްޓްތައް ވިލަރެސްކުރުމާއި، އެ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރު ބަލައި މޮނިޓަރކޮށް ބެލެހެއްޓުމާއި ރިޕޯޓްކުރުން.

21. ދިވެހިސަރުކާރާއި އ.ދ ގެ ޖަމްޢިއްޔާތަކާއެކު އެއްބަސްވެ އެކުލަވައިލެވޭ ވާރކް ޕްލޭންތަކާ ގުޅޭގޮތުން ބޭއްވޭ މިޑް ރިވިއުއާއި އެނުއަލް ރިވިއުގެ މަސައްކަތް، ޑިވިޜަން/ސެކްޝަންތަކާއެކު މަޝްވަރާކޮށް މަޢުލޫމާތު އެއްކޮށް، މި މަސައްކަތް ވިލަރެސްކުރުމާއި، ރީޕްރޮގްރާމް ކުރަންޖެހޭ ހަރަކާތްތައް ރީޕްރޮގްރާމް ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން.

22. އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

7. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. 

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް  ހުށަހެޅުމުގެ  ސުންގަޑިއަކީ،  2017  ޖަނަވަރީ  8  ވާ  އާދީއްތަ ދުވަހުގެ 13:30 އެވެ.

 

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

1. ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

2. ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

 23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016
ހޯދާ