އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންގެ ޕްލޭއޭރިޔާގެ ބައެއް މަސައްކަތްތައް ފުރިހަމަ ކުރުމާބެހޭ

އިޢުލާން

ޕްރީސްކޫލް ދަރިވަރުންގެ ޕްލޭއޭރިޔާގެ ބައެއް މަސައްކަތްތައް ފުރިހަމަ ކުރުމާބެހޭ

މި މަދަރުސާއިން ދައްކާ ނަމޫނާއާ އެއްގޮތައް ޕްރީސްކޫލްގެ ދަރިވަރުން ފެނާ ކުޅުމަށާއި ވެއްޔާ ކުޅުމަށް ޚާއްޞަ ކުރެވިފައިވާ ތަން، ތައްޔާރުކޮށް ދިނުމާއި ސްކޫލްގެ ދެކުނު ފަރާތުގެ ވަށައިފާރުގެ ކަންމަތިން ބައެއްގައި ސިމެންތިޖަހައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 10:15 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 05 ވާ ބުރާސްފަތި ދުވަހުގެ 10:15 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ކަނޑައިބެލުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ބައްދަލުވުމުގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު މި ބައްދަލުވުމަށް ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަަހަޅާފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަނީ މި މަދަރުސާ އިން ދޭ ފޯމެޓާ އެއްގޮތައް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ އިޢުލާނު ނަންބަރު GS-178-IUL-2016-51 ބާޠިލުކުރެވުނު ވާހަކަ ދަންނަވަމެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ