ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.
މަޤާމް: |
ނަރުހުން (ފުލްޓައިމް) |
||
އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ފިޔަވަތި، ހުޅުމާލެ) |
||
ބޭނުންވާ އަދަދު: |
2 (ދޭއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: MS1 |
މުސާރަ: |
މަހަކު -/6،295 ރުފިޔާ |
||
ޢިނާޔަތްތައް: |
- ރިސްކް އެލަވަންސް: މަހަކު، -/2،500 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ - ނޮންޕްރެކްޓިސިން އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ % 35 ދެވޭނެއެވެ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުސޫލުން، ދުވާލަކު 8 ގަޑިއިރު) |
||
ތަޢުލީމާއި ތަޖުރިބާ: |
1. ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތު؛ 2. ރެޖިސްޓަރޑް ނާރސްއެއްގެގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
1. ފިޔަވަތީގައި ތިބޭ ކުދިންގެ ސިއްޙީހާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކުދިންގެ ސިއްޙީ ހާލަތު ދެނެގަތުމާއި، ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓުން. 2. ދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކަންޖެހޭ ކުދިން ފާހަގަކޮށް، ސުޕަވައިޒަރުންނާއި، ކޭސްވޯރކަރުންނަށް އިރުޝާދު ދިނުން. 3. ކުދިންނަށް ދިމާވާ ސިއްޙީ މައްސަލަތައް ފާހަގަކޮށް، އިތުރު ފަރުވާ ބޭނުންވާ ކުދިން ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ސުޕަވައިޒަރުން މެދުވެރިކޮށް ކުރުން. 4. ދުވަހުން ދުވަހަށް ކުދިންނަށް ދޭންޖެހޭ ބޭސް، ގަވާއިދުން ދިނުމަށް، ކުދިން ބަލަހައްޓާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ގަވާއިދުން ބޭސް ދެމުންދޭތޯ ބަލައި ޗެކްކުރުން. 5. ޞިއްޙީގޮތުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކުދިން ފާހަގަކޮށް، އެކުދިންގެ ހާލަތު އަވަސްއަވަހަށް މޮނިޓަރކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ހޮސްޕިޓަލަށް ގެންދަންޖެހޭފަދަ ހާލަތަކަށް ކުއްޖަކު ހިނގައްޖެނަމަ، ލަސްނުކޮށް އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުން. 6. ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭ ކުދިންގެ ކައިރިއަށް ޒިޔާރަތްކޮށް، ޑިސްޗާޖްކުރުމުގެ ކުރިން ހާލަތު އޮޅުންފިލުވުމާއި، ޑިސްޗާޖްކުރުމުން ޑިސްޗާރޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް، ސުޕަވައިޒަރާއި ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދިނުން. 7. ހޮސްޕިޓަލުން އަލަށް ފިޔަވައްޗަށް ގެނެވޭ ކުދިންގެ މެޑިކަލް ހިސްޓްރީއާއި ޑިސްޗާޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރުންނާއި ކޭސްވޯރކަރުންނަށް އިރުޝާދު ދިނުން. 8. ގައިންގަޔަށްއަރާ އެއްވެސް ބައްޔެއް ފިޔަވަތީގެ ކުއްޖަކަށް ޖެހިއްޖެނަމަ، ކުދިންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަތީގެ މެނޭޖްމަންޓާ ގުޅިގެން ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 9. މަހަކު އެއްފަހަރު، ފަސްއަހަރުން ދަށުގެ ހުރިހާ ކުދިން ހެދިބޮޑުވާގޮތް (ބަރުދަން، އިސްކޮޅު) ބަލައި ރެކޯޑްކުރުން. 10. ވެކްސިންދޭންޖެހޭ އުމުރުގެ ކުދިންނަށް ގަވާއިދުން ވެކްސިންދީ ރެކޯޑް ބެލެހެއްޓުން. 11. ރާއްޖެއިން ބޭރަށް ފަރުވާހޯދަން ގެންދަންޖެހޭ ކުދިންގެ މެޑިކަލް ޑޮކިއުމަންޓްތައް ހިއްސާކުރަންޖެހޭ ފަރާތްތަކަށް ހިއްސާކޮށް، އެކުދިންގެ ފަރުވާ ކުރިއަށްގެންދާގޮތް މޮނިޓަރކުރުމާއި، އެފަދަ ކުދިންނާއެކު ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެގޮތުން ދިއުން. 12. ޞިއްޙީގޮތުން، ކުދިންނަށާއި ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ސެޝަންތައް ނަގައިދިނުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދޭ ސިޓީ. 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީއެއް. 4. ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ސެޓުފިކެޓުގެ ކޮޕީ. 5. ރަޖިސްޓާރޑް ނަރުހެއްކަން އަންގައިދޭ ލިޔުމުގެ ކޮޕީ. |
||
ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. |
||
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް. - ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް. - ކުދިން ބެލެހެއްޓުމުގައި ތަޖުރިބާ ލިބިފައިހުރި ފަރާތްތައް. - މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރެވޭ ފަރާތްތައް. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ. |
||
23 ރަބީޢުލްއައްވަލް 1438 |