މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑައިވަރސިފިކޭޝަން ޕްރޮގްރާމާއި، މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު: ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެސިސްޓަންޓް - ސަޕޯޓް ސްޓާފް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެސިސްޓަންޓް - ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ، ހ. ވައިޓް ވޭވްސް)

ވަޒީފާގެ މުއްދަތު:

 1 އަހަރު

މުސާރަ:

މުސާރަ: މަހަކު -/15000 ރުފިޔާއާއި، -/18000 ރުފިޔާއާ ދެމެދު (ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި)

ޝަރުޠު:

1- ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް ނުވަތަ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއިން ދަށްވެގެން ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ ކުރަންޖެހޭ މަސައްކަތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4، ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

2- ޕްރޮޖެކްޓް މެޏޭޖްމަންޓް ދާއިރާއިން މަދުވެގެން 2 ނުވަތަ 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3- އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމާއި، ރިޕޯޓު ތައްޔާރުކުރުމުގެ ގާބިލުކަން ހުރި ފަރާތެއްކަމުގައި ވުން

4- މެރިކަލްޗަރ، އެކުއަރކަލްޗަރ، ދަނޑުވެރިކަމުގެ ދާއިރާ ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެވެ.

5- މި މަޤާމަށް މުވައްޒަފުން ހޮވުމުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ ނުވަތަ ކޯޕަރޭޓިވްސްއާ އެއްކޮށް މަސައްކަތް ކުރުމުގެ ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

މި މަޤާމުތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައި ހިމެނިފައިވާނެއެވެ. ޓީ.އޯ.އާރު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ނަންބަރު 3341836 ފޯނަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ އެޑްރެސްއަށް އީމެއިލް ކުރައްވައިގެން ލިބިވަޑައިގަންނަވާނެއެވެ.    

[email protected]

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)

4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މަތީގައި ދެންނެވިފައިވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 12:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ؛

ޕްރޮޖެކްޓް ޑިރެކްޓަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް،  މޫންލައިޓް ހިނގުން

މި ވަޒީފާތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

21 ޑިސެންބަރު 2016
ހޯދާ