މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމު:  ވެޓެރިނޭރިއަން                                     ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3500 ރުފިޔާ

ކްލެސިފިކޭޝަން

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް

އީ.އެކްސް.3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މާލެ/ ހުޅުލެ

މަޤާމުގެ ޝަރުޠު

 

1-  ވެޓަރިނަރީ ދާއިރާއިން ނުވަތަ ޖަނަވާރުތަކުގެ ޞިއްޙަތާބެހޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން، ނުވަތަ

2-  ވެޓަރިނަރީ ދާއިރާއިން ނުވަތަ ޖަނަވާރުތަކުގެ ޞިއްޙަތާބެހޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން،  ނުވަތަ

3-  ވެޓަރިނަރީ ދާއިރާއިން ނުވަތަ ޖަނަވާރުތަކުގެ ޞިއްޙަތާބެހޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން،  ނުވަތަ

4-  ވެޓަރިނަރީ ދާއިރާއިން ނުވަތަ ޖަނަވާރުތަކުގެ ޞިއްޙަތާބެހޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސްމަހާމެއްސާއި ޖަނަވާރަށްޖެހޭ އެކިއެކި ބަލިތައް ދެނެގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ލެބޯޓްރީއެއް ޤާއިމުކުރުން.
  • ޖަނަވާރަށްޖެހޭ އެކިއެކި ބަލިތަކުގެ ސާމްޕަލްތައް ނަގައި އެ ބައްޔާ ގުޅޭ ގޮތުން އިތުރު ތަޙުލީލުތައް ހަދައި އެ ބައްޔަކީ ކޮންކޮން ބައްޔެއްކަން ކަށަވަރުކުރުމުގެ ގޮތުން ސާމްޕަލްތައް ރާއްޖޭން ބޭރުގެ ލެބޯޓްރީތަކަށް ފޮނުވުން.
  • ޖަނަވާރަށާއި ދޫނިސޫފާސޫފި އިމްޕޯޓް އެކްސްޕޯޓްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ސެޓުފިކެޓު ތައްޔާރު ކުރުމުގައި ޓެކްނިކަލް ގޮތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ޖަނަވާރާއި ދޫނިސޫފާ ސޫފީގެ ސަބަބުން ޖެހޭ ބަލިތަކުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުން.
  • ލެބޯޓްރީގައި މަސައްކަތްކުރާނެ މީހުން ތަމްރީން ކުރުމާއި އެކަމާގުޅޭ އަތްމަތީ ފޮތް ތައްޔާރު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން އަދި ތަޖްރިބާ

- ވެޓަރިނަރީއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ތައުލީމާއި ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓުގެ ކޮޕީ، އަދި ރާއްޖޭން ބޭރުން ހާސިލުކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން.

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 އާ ދެމެދު ނަންބަރު 3339244/3339241 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޑިސެންބަރު 2016
ހޯދާ