ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
މުށިޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

4 ކުލާސްރޫމުގައި މުށިޖަހައިދޭނެ ފަރާތެއް ހޯދުމަށް

މަތިގައި ދެންނެވިފައިވާ މި ސްކޫލުގެ 4 ކުލާސްރޫމުގައި މުށިޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 10:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6560546 ފޯނާ ގުޅުއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ