ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދީނީ މަޒުމޫނު ލިޔުމާއި ޅެން ހެދުމުގެ މުބާރާތް

އިޢުލާނު

1438 ވަނަ އަހަރުގެ ރާއްޖެ އިސްލާމްވުމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދީނީ މަޒުމޫނު ލިޔުމުގެ މުބާރާތާއި ދީނީ ޅެން ހެދުމުގެ މުބާރާތުގައި ބައިވެރިވުމުގެ ދޮރު މި ވަނީ ހުޅުވައިލައިފައެވެ.

މި ދެ މުބާރާތުގައި ބައިވެރި ވެވޭނީ އަމިއްލަ ގޮތުންނެވެ.

1. ދީނީ މަޒުމޫނު ލިޔުމާއި ޅެން ހެދުމުގެ މުބާރާތް

މި ދެ މުބާރާތުގައި މަޒުމޫނާއި ޅެން ހަދާނީ ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާ ދާއިރާތަކުގެ ތެރެއިން އެ ބައިވެރިއަކު އިޚުތިޔާރުކުރާ ދާއިރާއެއްގެ މައްޗަށް އެ ބައިވެރިއަކު އަމިއްލައަށް ކަނޑައަޅާ މައުޟޫޢަކަށެވެ.

މި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް -/5،000 (ފަސް ހާސް)، ދެވަނައަށް އަންނަ ފަރާތަކަށް -/3000 (ތިން ހާސް ފަސް ސަތޭކަ) އަދި ތިންވަނައަށް އަންނަ ފަރާތަކަށް -/1،500 (އެއް ހާސް ފަސް ސަތޭކަ) ރުފިޔާގެ އިނާމު ވަނީ ކަނޑައެޅިފައެވެ.

2. މި ދެ މުބާރާތުގައި ބައިވެރިވުން       

(1) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު ފޯމާއެކު ޅެމާއި މަޒުމޫނު ހުށަހަޅަންވާނެއެވެ. ފޯމު ހުށަހަޅާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ނުވަތަ ޑްރައިވިންގ ލައިސަންސުގެ ނަކަލު ހުށަހަޅަންވާނެއެވެ.

(2) މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި ޅެމާއި މަޒުމޫނު ހުށަހަޅާނެ ގޮތް

(ހ) ކަރުދާހުން ހުށަހަޅާ ނަމަ، ހުށަހަޅާނީ ދިވެހިބަހުގެ އެކެޑަމީގެ ކައުންޓަރަށެވެ.

(ށ) އޮންލައިންކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ [email protected] އަށެވެ.

3. މުބާރާތަށް ތަކެތި ހުށަހެޅުމުގެ ސުންގަޑި

ދީނީ މަޒުމޫނު ލިޔުމާއި ދީނީ ޅެން ހެދުމުގެ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދާއި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން މި އެކެޑަމީގެ ނަންބަރު 3345286 ނުވަތަ 3345299 ނުވަތަ 7772816 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

15 ރަބީޢުލްއައްވަލް 1438

14 ޑިސެންބަރު 2016
ހޯދާ