މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މީހުން ބޭނުންވާ އަދަދު

01 (އެކެއް)

ކޮންޓްރެކްޓްގެ މުއްދަތު

1 އަހަރުދުވަސް

މުސާރަ

މަހަކު -/10,160  ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް ހެލްތު ދާއިރާ ނުވަތަ ހެލްތު ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ޕަބްލިކު ހެލްތުގެ ދާއިރާ ނުވަތަ ހެލްތު ސައިންސަސްގެ ދާއިރާއެއްގައި އުޅެ 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. ޕަބްލިކް ހެލްތުގެ ދާއިރާ ނުވަތަ ހެލްތު ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޓީ. އޯ. އާރ. ގައި ހިމެނިފައިވާނެއެވެ.

މަސައްކަތްކުރަން ޖެހޭ ގަޑި

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ.
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  4. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ޝޯޓް ޓާރމް ޓްރޭނިންގ)
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 3 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2017 ވަނަ އަހަރުގެ ޖަނަވަރީ މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

- މި ވަޒީފާގެ "ޓީ އޯ އާރ" މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ، 3014326 ނަންބަރު ފޯނަށެވެ.

21 ޑިސެންބަރު 2016
ހޯދާ