އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ތިންކްލައެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ހޮސްޕިޓަލުގެ އައިޓީއަށް ބޭނުންވާ ތިން ކްލައެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 15 ޑިސެންބަރު 2016 ގައި ކޮށްފައިވާ ނަންބަރު 137-IU/2016/177 އިޢުލާނަށް ސަޕްލަޔަރުންގެ ފަރާތުން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

Item:           Wyse 3020                                 Quantity:     50 Nos

Description

 

Single monitor  1920x1200@60Hz; color depth: 8, 16, 25, or 32 bpp 

1920x1200@60Hz; color depth: 32 bpp

Display

Marvell® ARMADA™ Dual Core PXA2128 1.2 GHz system-on-chip (SoC)

Processor

DVI-I port, DVI to VGA (DB-15) adapter included, 

  Four USB 2.0 ports

Ports

10/100/1000 Base-T Gigabit Ethernet   Internal wireless 802.11 a/b/g/n, dual radio and dual antenna @ 300 Mbps (Optional)

Connectivity

Internal mono speaker and Output: 1/8-inch mini jack, full 16-bit stereo, 48KHz sample rate

Multimedia

1/8-inch mini jack, 8-bit microphone Or Composite audio jack: 1/8-inch mini, 16-bit stereo

 Input

4GB Flash / 2GB RAM DDR3

Memory

VESA/Wall mounting bracket included

Mountings:

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
  • ކުންފުނީގެ މައުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ.)
  • ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން (ޖޫން 2015 އިން ފެށިގެން ނޮވެންބަރު 2016ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
  • ވޭތުވެދިޔަ ތިން މަސްދުވަހުގެ (ސެޕްޓެންބަރު 2016 އިން ނޮވެންބަރު 2016) ގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ 2015ގެ އޯޑިޓް ރިޕޯޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ)ހުށަހަޅަންވާނެއެވެ.

ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

75

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން

2

ތަޖުރިބާ

10

މަސައްކަތާ ގުޅުން ހުރި 01 ލިޔުމަށް – 2.5 މާކްސް

މަސައްކަތާ ގުޅުން ހުރި 02 ލިޔުމަށް – 5 މާކްސް

މަސައްކަތާ ގުޅުން ހުރި 03 ލިޔުމަށް – 10 މާކްސް

3

މުއްދަތު

5

އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭ ގޮތަށް ފްރެކްޝަން އުސޫލުން

4

މާލީ ހާލަތު

10

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/ އޮޑިޓް ރިޕޯޓަށް ބަލާފައި

އަންދާސީހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް ތިން ކްލައިންޓް ސަޕްލައިކޮށްދިނުމާގުޅޭ އިއުލާނުކަމާއި އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހު 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައެވެ. އަދި ބިޑުތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ބާޠިލުކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން

2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.

ނޯޓު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

22 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016
ހޯދާ