ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ކުވައިތު އިންޓަރނޭޝަނަލް ކީރިތި ޤުރްއާން ކިޔެވުމުގެ 8 ވަނަ މުބާރާތަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މި މުބާރާތުގެ ބައިތަކުގެ ތެރެއިން ތިރީގައިވާ ބައިތަކުން މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުމަކީ ލާޒިމުކަމެއް ކަމުގައިވާތީ މި ގޮފީގައި އެއްވެސް ބައިވެރިޔަކު ބައިވެރިނުވެއްޖެނަމަ ރާއްޖެއަށް މި މުބާރާތުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

ބައިވެރިވުމުގެ ޝަރުޠު

މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފި: (އަސާސީ ބައި)

1- ކީރިތި ޤުރްއާން ހިތުދަސް ފަރާތެއް ކަމުގައިވުން.

2- އުމުރުން 13 އަހަރާއި 25 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

3- ތަޖުވީދު ޙުކުމްތަކުގެ މަތިން ފުރިހައަށް ކިޔަވަންދަންނަ ފަރާތެއްކަމުގައިވުން.

ކީރިތި ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލުކުރުމުގެ ގޮފި: (ދިގުރާގަށް ކިޔެވުން)

1- ތަޖުވީދުގެ ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ މީހަކު ކަމުގައިވުން.

2- އުމުރުން 13 އަހަރާއި 25 އަހަރާ ދެމެދުގެ ފިރިހެނަކު ކަމުގައިވުން.

މި މުބާރާތުގައި ކޮންމެ ގޮތްޕެއްގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2016 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތަށް ބައިވެރިކުރެވޭނީ މަރުކަޒުން ބައިވެރިން އިމްތިޙާނު ކުުރުމަށްފަހުގައެވެ.

22 ރަބީޢުލްއައްވަލް 1437

21 ޑިސެންބަރު 2016
ހޯދާ