މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ، އެޑްމިނިސްޓްރޭޓިވް

މަޤާމް :އެސިސްޓެންޓް އޮފިސަރ، އެޑްމިނިސްޓްރޭޓިވް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އޮފިސަރ، އެޑްމިނިސްޓްރޭޓިވް

މަސައްކަތް ކުރަންޖެހޭ ތަން: ޕްލޭނިންގ އެންޑް ޕްރޮޖެކްޓްސް، އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)

މަޤާމުގެ ޝަރުޠު:  

1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސިއާއެކު 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

2. އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން "ސީީ" ފާސް ލިބިފައިވުން.

3. އެޑްމިނިސްޓްރޭޓިވް ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4. އުމުރުން 20 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.

5. ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. އިދާރީ މަސައްކަތުގައި ސެކްޝަން ހެޑަށް އެހީތެރިވުން.

2. ޑިޕާޓްމަންޓް/ސެކްޝަނަށް އަންނަ ލިޔުންތަކާއި ފޮނުވާ ލިޔެކިޔުންތައް ލޮގްކޮށް ބެލެހެއްޓުން.

3. ޑިޕާޓްމަންޓުން ފޮނުވަންޖެހޭ ސިޓީއާއި، މެމޯއާއި، ސަރކިއުލަރ ޑްރާފްޓްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސީވީ.

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

6. 3 (ތިނެއް) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސްކުރާނީ:  

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ނޯޓު:

މި މަޤާމްތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3325511 ނަންބަރު ފޯނަށެވެ. 

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ