މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމްގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

އައި-ޓީ ސެކްޝަން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

 

ތަޢުލީމާއި ތަޖުރިބާ:

1. އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މިނިސްޓްރީގެ އިންޓްރާނެޓް، ވެބްސައިޓް، ނެޓްވާރކް، ސަރވަރތަކާބެހޭ މަސައްކަތްތަކާއި ސޮފްޓްވެއަރތައް ބެލެހެއްޓުމާއި، އެކަންކަމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް، ވެރިންގެ މަޝްވަރާއާއެކު ހިންގައި ބެލެހެއްޓުން.

2- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ  ތަންތަނުން އައި.ޓީ އާބެހޭ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް އެހީ ފޯރުކޮށްދިނުން.

3- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ ތަންތާނުގެ ކޮމްޕިއުޓަރތަކާއި، ސަރވާތަކާއި، އައިޓީއާ ގުޅުންހުރި މެޝިނަރީއާއި އިކްއިޕްމަންޓްތަކާއި، ނެޓްވާރކް، ސަރވިސްކޮށް ބެލެހެއްޓުން.

4- ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ވެރިންގެ ލަފާގެމަތިން ހިންގައި ބެލެހެއްޓުން.

5- މިނިސްޓްރީގެ ވެބްސައިޓް އަޕްޑޭޓްކުރުމުގެ މަސައްކަތްތައް ކުރުން.

6- މަސައްކަތުގެ ދާއިރާގައި ހިމެނޭޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 3 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

1. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

2. ދިވެހިބަހާއި، އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތައް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

 20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ