ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މި އޮފީހުގެ ގއ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ޑިސެންބަރު 28 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ގއ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 04 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މި އޮފީހުގެ ގއ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މި އޮފީހުގެ ގއ. އަތޮޅު ގޮފި ހިނގަމުންދަނީ ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު: 3003260 ފޯނާ ނުވަތަ ގއ. އަތޮޅު ގޮފީގެ ނަންބަރު: 6820002 ފޯނާ ގުޅުއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ