މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބްލޫ ޕްރިސްކްރިޕްޝަން ފޯރ ކޮންޓްރޯލް ޑްރަގްސްގެ ފޮތް ޗާޕުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް "ބްލޫ ޕްރިސްކްރިޕްޝަން ފޯރ ކޮންޓްރޯލް ޑްރަގްސް" ގެ ފޮތް ޗާޕުކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)23-AP/23/2016/123  05 ޑިސެމްބަރ 2016) އިޢުލާނާ ގުޅިގެން  މައުލޫމާތު ސާފުކުރެއްވުމަށް ތިން ފަރާތުން ވަޑައިގެންފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 02 ވާ ހޯމަދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޑިސެންބަރު 2016
ހޯދާ