އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ - އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް މެނޭޖަރ

ޑިޕާޓްމަންޓްްް: އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް

ތަޢުލީމާއި ތަޖުރިބާ:

1. ބެޗްލާރސް ޑިގްރީއެއް، ބިޒްނަސް ޑިވެލޮޕްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ / ޕޮލިސީ ޕްލޭނިންގ/ ރިސާރޗް / ސޯޝަލް ސައިންސްގެ ދާއިރާއަކުން ހާސިލުކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

2. ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ބެޗްލާރސް ޑިގްރީއައްފަހު މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންސް ބޭނުންކުރަން ރަނގަޅަށް އެނގުން.

4. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

5. ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

6. ގުޅޭ ދާއިރާއަކުން މާސްޓަރސް ހާސިލުކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މަސައްކަތްތައް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، މަސައްކަތުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ހިނގަމުންދާކަން ކަށަވަރުކުރުމާއި، މަސައްކަތް ހަލުވިކޮށް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2. މި ކުންފުނީގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިންގ ކުރިއަށްގެންދިއުން.

3. މޮނިޓަރކުރުމަށް ބޭނުންވާނެ ޓޫލްސްއާއި ގައިޑްލައިންތައް އެކުލަވައިލުމާއި، ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން އެތަކެއްޗަށް އަހުލުވެރިކުރުވުމާއި، އެފަރާތްތަކާ ގުޅިގެން މޮނިޓަރިންގ މަސައްކަތްތައް ކުރުން.

4. ރިސާރޗްކުރަން ބޭނުންވާ ދާއިރާތައް ކަނޑައެޅުމާއި، ރިސަރޗް ޕްރޮޕޯޒަލް ތައްޔާރުކޮށް، މި ކުންްފުނީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ދިރާސާތައް ހެދުން.

5. ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކުރުވިދާނެ ގޮތްތައް ހޯދައި، އޮފީހުގެ ޕޮލިސީ އަދި ސީނިއަރ މެނޭޖްމަންޓަށް އެކަންކަން ހުށަހަޅައި، މަސައްކަތްތައް ހަރުދަނާކުރުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި:

2016 ޑިސެންބަރު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސީވީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ