ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

2017ވަނަ އަހަރަށް ބުރުނީ ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

މި ސްކޫލްގެ ނަންބަރު GS-176/IUL/2016/31  އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ. މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އިން ފެށިގެން، ޖެހިގެން އަންނަދުވަހުގެ ރަސްމީ ގަޑި ފެށެންދެންނާއި، ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް، އައުޓްސޯސްކޮށްގެން ސެކިއުރިޓީ ބަލަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ. ރަސްމީ ދުވަސްތަކުގައި ރަސްމީގަޑީގައި ސްކޫލްގެ ގޯތިތެރެއާއި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ސްކޫލްގެ ރަސްމީ މަސައްކަތެއް ކަމުގައި ވަނީ ހަމަޖެހިފައެވެ. 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކު ޑިވަލޮޕްމަންޓްގައި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. ވިޔަފާރި ރަޖިސްޓަރީނުކުރާ އެއްވެސް ފަރާތަކަށް ބައިވެރިނުވޭނެ ވާހަކަ މި ފުރުޞަތުގައި ހަނދުމަކޮށް އެރުވީމެވެ. މަޢުލޫމާތު ސާފުކުރުން 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 11:30 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:30 ގައި ސްކޫލް އޮފީހުގައި ކުރިއަށްދާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި، އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި، ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ސްކޫލްގެ އޮފީހަށްހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޑިސެންބަރު 2016
ހޯދާ