މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

4 (ހަތަރެއް)

އަސާސީ މުސާރަ:

މަހަކު -/4,304 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން، މަހަކު -/5,380 ރުފިޔާ)

 

އެހެނިހެން ޢިނާޔަތްތައް:

- މަހަކު -/2,000 ރުފިޔާއާއި -/4,000 ރުފިޔާއާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

1. ޖީ.ސީ.އީ އޯލެވެލްގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގެ "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

2. މިފަދަ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. މި ކުންފުންޏަށް އަންނަ ކޯލްތަކަށް ޖަވާބުދާރީވުން.

2. ކަސްޓަމަރުން ހުށައަޅާ މައްސަލަތައް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް އެންގުން.

3. ރިސެޕްޝަނަށް ލިބޭ ސިޓީއާއި އިންވޮއިސް ފަދަ ތަކެތި ބަލައިގަތުމާއި، އެތަކެތި ފޮނުވަންޖެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުން.

4. މި ކުންފުންޏާ ގުޅުންހުރި ކަންތައްތަކުގައި އަންނަ ކަސްޓަމަރުން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން.

5. މެހެމާންދާރީ އަދާކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ޝިފްޓް އުސޫލުން ދުވާލަކު 8 ގަޑިއިރު

ސުންގަޑި:

2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން.

 

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި: 

1. މަޤާމަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި ކުންފުނީގެ ރިސެޕްޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ www.port.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް  ކުރެވެންވެސް ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 

އިންޓަވިއު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށެވެ.

ނޯޓު:

ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި، ފެކުހާއި، އީމެއިލްތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅޭގޮތުން،  އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ، 3329339 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3325293 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ