މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އާކިޓެކްޓް (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އާކިޓެކްޓް

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު:

1 (އެކެއް) އަހަރުދުވަސް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މި މަޤާމަށް ހޮވޭ މީހަކަށް މުސާރާއާއި ޢިނާޔަތްތައް ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބަލާފައެވެ.

 

މަޤާމުގެ ޝަރުޠު:

1. ބެޗަލަރސް ޑިގްރީ އިން އާކިޓެކްޗަރ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން.

2. އޮޓޯކެޑް ސޮފްޓްވެއަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކުންފުނީގެ އިމާރާތްތަކާއި ތަންތަނުގެ އާކިޓެކްޗަރަލް ޑްރޮވިންގްތައް ކުރެހުމާއި ޑިޒައިންކުރުން

2. ކުރެހުންތަކުގެ ޑިޒައިނިންގއާބެހޭ މަޢުލޫމާތާއި، ސްޕެސިފިކޭޝަނާއި، މަސައްކަތަށް ބޭނުންވާނެ ތަކެއްޗާއި، ކޮސްޓް އެސިސްޓިމޭޝަންތައް ތައްޔާރުކުރުން.

3. ސޮފްޓްވެއަރ ބޭނުކޮށްގެން ކުރެހުންތަކުގެ 3D މޮޑެލްތައް ޑިޒައިންކުރުމާއި ކުރެހުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 8 ގަޑިއިރު

ސުންގަޑި:

2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން.

 

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި: 

1. މަޤާމަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި ކުންފުނީގެ ރިސެޕްޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ www.port.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް  ކުރެވެންވެސް ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 

އިންޓަވިއު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށެވެ.

ނޯޓު:

ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި، ފެކުހާއި، އީމެއިލްތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅޭގޮތުން،  އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ، 3329339 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3325293 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ