މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ، ލޭބަރަރ، ސެކިއުރިޓި ގާރޑް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑްރައިވަރ 

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3664 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން، މަހަކު -/4580 ރުފިޔާ)

 

އެހެނިހެން ޢިނާޔަތްތައް:

- މަހަކު -/3،000 ރުފިޔާއާއި -/4،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

 

މަޤާމުގެ ޝަރުޠު:

- އެކްސްކަވޭޓަރ ދުއްވުމުގެ ލައިސަންސް ލިބިފައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ބުރަ މަސައްކަތް ކުރުމަށް ޞިއްޙަތު ތަންދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. އެކްސްކަވޭޓަރ އޮޕަރޭޓްކުރުން.

2. އެކްސްކަވޭޓަރ ބަލަހައްޓައި، މެއިންޓޭންކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 8 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން:

ތިލަފުށީ ވެސަލް ރިޕެއަރ ޔާރޑް

 

 

މަޤާމް:

ލޭބަރަރ

ބޭނުންވާ އަދަދު:

20 (ވިހި)

މުސާރަ:

މަހަކު -/3,072 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން، މަހަކު -/3840 ރުފިޔާ)

 

އެހެނިހެން ޢިނާޔައްތައް:

- މަހަކު -/2,500 ރުފިޔާއާއި -/3،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ތިލަފުށީ ވެސަލް ރިޕެޔަރ ޔާޑް)

 

މަޤާމުގެ ޝަރުޠު:

1. އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.

2. އުސްތަންތަނަށް އަރައި، އެތަންތަނުގައި މަސައްކަތް ކުރެވޭނެފަދަ ޤާބިލް މީހެއްކަމުގައިވުން.

3. ބުރަ މަސައްކަތްކުރެވޭ ފަދަ، ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ރޭނުމާއި، ކޮންކުރީޓް މަސައްކަތް ކުރުން.

2. ތިލަފުށީ ބޯޓް ޔާރޑް ސާފުކޮށް ބެލެހެއްޓުމާއި، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު

މަޤާމް:

ސެކިއުރިޓީ ގާރޑް

ބޭނުންވާ އަދަދު:

4 (ހަތަރެއް)

މުސާރަ:

މަހަކު -/3,272 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން، މަހަކު -/4,090 ރުފިޔާ)

 

އެހެނިހެން ޢިނާޔައްތައް:

- މަހަކު -/2,500 ރުފިޔާއާއި -/3,500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ތިލަފުށީ ވެސަލް ރިޕެޔަރ ޔާޑް)

މަޤާމުގެ ޝަރުޠު:

ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން. އަދި މިފަދަ މަޤާމެއް އަދާކުރުމުގެ ޞިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއްކަމުގައިވުން.

 

މަޤާމުގައި މައިގަނޑު މަސްއޫލިއްޔަތު:

1. ތިލަފުށީ ވެސަލް ރިޕެޔަރ ޔާރޑުގެ ސެކިއުރިޓީ ބެލެހެއްޓުން.

2. ތިލަފުށީ ވެސަލް ރިޕެޔަރ ޔާރޑް އެތެރެއަށް ވަންނަ ވެހިކަލާއި އެފަދަ އެހެނިހެން ތަކެތި ބަލައި ޗެކްކޮށްފައި ނޫނީ އެތެރެއަށް ނުވެއްދުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދަންފަޅި އުސޫލުން ދުވާލަކު 8 ގަޑިއިރު

ސުންގަޑި:

2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން.

 

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

1. މަޤާމަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި ކުންފުނީގެ ރިސެޕްޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ www.port.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް  ކުރެވެންވެސް ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 

އިންޓަވިއު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށެވެ.

ނޯޓު:

ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި، ފެކުހާއި، އީމެއިލްތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅޭގޮތުން،  އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ، 3329339 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3325293 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

   20 ރަބީޢުލްއައްވަލް 1438 

19 ޑިސެންބަރު 2016
ހޯދާ