ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާން މުދައްރިސް ޑިގްރީ ކޯސް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި 2017 ވަނަ އަހަރު ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤުރްއާން މުދައްރިސް ޑިގްރީ ކޯސް

ޝަރުޠު:

1- ޤުރްއާން މުދައްރިސް އެޑްވާންސް ސެޓްފިކެޓް ނުވަތަ ޤާރީ ކޯސް ލެވެލް 4 ގެ ސެޓުފިކެޓެއް ހާސިލު ކޮށްފައިވުން

2- އުމުރުން 18 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު: 4 އަހަރުދުވަސް

ވީމާ، މި ކޯހުގައި ބައިވެރިވުމަށް އެދޭފޯމު 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މި ކޯސް ނިންމައި ދަސްވެނިންނަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން ދައުލަތަށް ޚިދުމަތް ކުރުމަށް އިޤްރާރުވާން ޖެހޭނެއެވެ.

19 ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016
ހޯދާ