މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އޮޕަރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އޮޕަރޭޓަރ 

މުސާރަ:

މަހަކު -/3،664 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން، މަހަކު -/4580 ރުފިޔާ)

ބޭނުންވާ އަދަދު:

127

 

އެހެނިހެން ޢިނާޔަތްތައް:

- މަހަކު -/3،000 ރުފިޔާއާއި -/4،500  ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުޠު:

-  އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ  V1 ގެ ކްރޭނާއި، ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އޮތުން.  

-  އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ  E1 އާއި E2 ގެ ޓްރޭލަރ ދުއްވުމުގެ ލައިސެންސް އޮތުން. 

-  ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ބުރަ މަސައްކަތްކުރުމަށް ޞިއްޙަތު ތަންދޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ވެހިކަލް އޮޕަރޭޓްކުރުމާއި، އެތަކެތި ބަލަހައްޓައި މެއިންޓެއިންކުރުން.

2. ހުސް ކޮންޓެއިނަރާއި، ބަރު ކޮންޓެއިނަރ ހެންޑަލްކުރުން.

3. ކޮންޓެއިނަރއިން މުދާ ނެރެދިނުމާއި ވެއްދުން.

4. ލޯރިފަހަރަށް މުދާ ބަރުކޮށްދިނުން.

5. ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި ނެރެދިނުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 8 ގަޑިއިރު (ދަންފަޅި އުސޫލުން)

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް  

ސުންގަޑި:

2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން.

 

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

1. މަޤާމަށް އެދި ހުށަހަޅާ ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި ކުންފުނީގެ ރިސެޕްޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ www.port.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި، އޮޕަރޭޓްކުރުމުގެ ހުއްދަ ފޮތުގެ ކޮޕީ.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 

އިންޓަވިއު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 200 ވުރެ ގިނަނަމަ، އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން 200 ފަރާތަށެވެ.

ނޯޓު:

ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި، ފެކުހާއި، އީމެއިލްތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅޭގޮތުން،  އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ، 3329339 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3325293 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

   20 ރަބީޢުލްއައްވަލް 1437

19 ޑިސެންބަރު 2016
ހޯދާ