ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ސީނިއަރ އޮފިސަރ
ޑިޕާޓްމަންޓްްް: އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް
ތަޢުލީމާއި ތަޖުރިބާ:
1. ޖީ.ސީ.އީ އޭލެވެލުން އިނގިރޭސިއާއި ދިވެހި މި ދެ މާއްދާއިން ފާސްވެފައިވުން ނުވަތަ އެޑްވާންސް ޑިޕްލޮމާއެއް، ބިޒްނަސް ޑިވެލޮޕްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ / ޕޮލިސީ ޕްލޭނިންގ/ ރިސަރޗް / ސޯޝަލް ސައިންސްގެ ދާއިރާއަކުން ހާސިލުކޮށްފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާއެއްް ހާސިލުކޮށްފައިވުން.
2. ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
3. މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.
4. މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންސް ބޭނުންކުރަން ރަނގަޅަށް އެނގުން.
5. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
6. ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
7. ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. މަސައްކަތްތަކުގެގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތްތައް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބަލައި، މަސައްކަތުގައި މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ހިނގަމުންދާކަން ކަށަވަރުކުރުމާއި، މަސައްކަތް ހަލުވިކޮށް އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
2. މި ކުންފުނީގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިންގ ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
3. މޮނިޓަރކުރުމަށް ބޭނުންވާނެ ޓޫލްސްއާއި ގައިޑްލައިންތައް ތައްޔާރުކުރުމާއި، ޑިޕާޓްމަންޓްތަކާއި ކުންފުނީގެ ދަށުން ހިނގާ ތަންތަނުގެ މުވައްޒަފުން އެތަކެއްޗަށް އަހުލުވެރިކުރުވުމާއި، އެފަރާތްތަކާ ގުޅިގެން މޮނިޓަރިންގ މަސައްކަތްތައް ކުރުން.
4. ރިސަރޗްކުރަން ބޭނުންވާ ދާއިރާތައް ކަނޑައެޅުމާއި، ރިސަރޗް ޕްރޮޕޯޒަލް ތައްޔާރުކޮށް، މި ކުންފުނީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ދިރާސާތައް ހެދުން.
5. ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކުރުވިދާނެ ގޮތްތައް ހޯދައި، އޮފީހުގެ ޕޮލިސީ މެނޭޖްމަންޓަށާއި، ސީނިއަރ މެނޭޖްމަންޓަށް އެކަންކަން ހުށަހަޅައި، މަސައްކަތްތައް ހަރުދަނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
މުސާރައާއި ޢިނާޔަތް:
ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި:
2016 ޑިސެންބަރު 25 ވަނަ ދުވަހު 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ވަޒީފާއަށް އެދޭ ފޯމު.
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ސީވީ.
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
20 ރަބީޢުލްއައްވަލް 1438