މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިޔަންޝިޕް 2017

އިޢުލާން

"ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕް 2017" 20 ޖަނަވަރީ 2017 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ، ރަށްތަކުން 2017 ޖަނަވަރީ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓީމު ލިސްޓު ނެޝަނަލް ބަށިބޯލް އެސޯސިއޭޝަނަށް ފޮނުވުން އެދެމެވެ. ފޯމު ދޫކޮށް، ބަލައިގަންނަން ފަށާނީ 2017 ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެންނެވެ.

މުބާރާތް ކުޅޭނެ ގޮތް:

1- އަތޮޅު މުބާރާތުގެ މެޗްތައް ކުޅޭނީ އެ އަތޮޅެއްގެ ހޯސްޓު ކުރާ ރަށެއްގައެވެ. މުބާރާތުގައި އަތޮޅަކުން 5 ޓީމަށްވުރެ ގިނައިން ބައިވެރިވެއްޖެނަމަ، ބައިވެރިވި ޓީމުތައް ގްރޫޕްތަކަށް ބަހައި ކޮންމެ ގުރޫޕެއް ކުޅުމަށް ހޯސްޓް ކުރެވޭނެއެވެ. އަދި ގްރޫޕްތައް ބެހުމުގައި އިސްކަން ދޭނީ ދަތުރުފަތުރުކުރަން ފަސޭހަވާނޭ ގޮތައް އިސްކަންދީގެންނެވެ.

2- މުބާރާތުގައި ސިޓީތަކުން ތަމްސީލުކުރާ އަވަށްތަކުގެ ޓީމުތައް ކުޅޭނީ ވެރިކަންކުރާ ރަށުގައެވެ. ނުވަތަ ހޯސްޓްކުރާ އަވަށެއްގައެވެ.

3- އެ އަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓް ކުރުމަށް ބޭނުންވާ ރަށްތަކުން ނުވަތަ އަވަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާނީ 2017 ޖަނަވަރީ 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނުގެ މެއިލަށެވެ.

4- މުބާރާތުގައި ބައިވެރިވެވޭނީ ސިޓީއަކުން އަވަށް ތަމްސީލުކުރާ އުސޫލުން އަވަށަކުން އެއް ޓީމަށެވެ. އަދި މުބާރާތުގައި ރަށަކުން ބައިވެރިވެވޭނީ ރަށް ތަމްސީލުކުރާ އުސޫލުން އެއް ޓީމަށެވެ.

5- އެއް ރަށަކުން އެއް ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވާން އެދިއްޖެނަމަ ޓީމުތަކުގެ މެދުގައި ނޮކްއައުޓް އުސޫލުން ކުޅެ މޮޅުވާ ޓީމު އެ ރަށެއް ނުވަތަ އެ އަވަށެއް ތަމްސީލުކުރާނީއެވެ. މިގޮތަށް ކުޅެންޖެހޭ މެޗްތައް ކުޅުވާނީ ރަށަކުންނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށްގެންނެވެ. އަވަށަކުންނަމަ އެ އަވަށެއްގެ އިސްފަރާތް މެދުވެރިކޮށްގެންނެވެ.

6- ޒޯން މުބާރާތުގައި ކުޅޭނީ އަތޮޅުތަކުގެ އެއްވަނަ ޓީމުތަކާއި ސިޓީތަކުގެ އެއްވަނަ ޓީމުތަކެވެ. މުބާރާތުގެ ފައިނަލްގައި ކުޅޭނީ ޒޯން ޗެމްޕިއަނުންނެވެ.

7- މުބާރާތުގައި ބައިވެރިވުމަށް ޓީމު ލިސްޓެއްގައި ހިމެނުނު ކުޅުންތެރިޔަކު އެހެން ޓީމެއްގެ ލިސްޓުގައި ނުހިމެނޭނެއެވެ.

8- ޒޯން މުބާރާތުގެ މެޗުތައް ކުޅޭނީ އެ ޒޯންއަކުން ހޯސްޓުކުރާ ރަށެއްގައެވެ. ޒޯންތައް ބެހިފައިވާ ގޮތަކީ:   

ޒޯން: 1 ހއ، ހދ، ށ، ނ އަދި ރ،

ޒޯން: 2 ބ، ޅ، ކ، އއ އަދި އދ،

ޒޯން: 3 ވ، ފ، މ، ދ އަދި ތ،

ޒޯން: 4 ލ، ގއ، ގދ، ޏ އަދި ސ

9- މުބާރާތުގެ ފައިނަލް ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގައެވެ.

10-  މުބާރާތް ބާއްވާ ކޮންމެ ތަނަކަށް މުބާރާތް ތައްޔާރުކުރުމަށް -/10,000 ރ (ދިހަ ހާސް ރުފިޔާ) ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

ގުޅުއްވާނީ: 3321411 ، 9591411 ، 7778503

އީމެއިލް ކުރައްވާނީ: [email protected]

މުބާރާތުގައި ހޮވާނެ މަޤާމުތަކާއި އިނާމުތައް 2017 ޖަނަވަރީ 2 ވަނަ ދުވަހު އިޢުލާން ކުރެވޭނެއެވެ.

އަދި މުބާރާތުގައި ޓީމުތައް ބައިވެރިވެ ނިމުމުން އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީޚު ފަހުން އިޢުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

19 ރަބީޢުލްއައްވަލް 1438

                                                                      

18 ޑިސެންބަރު 2016
ހޯދާ