ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މި ސްކޫލުގެ ޕްރިންސިޕަލާއި ޕްރިންސިޕަލްގެ އާއިލާ ދިރިއުޅުއްވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވާތީ، ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 13:00 އަށް ކުއްޔަށް ދިނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ސްކޫލަށް ހުށަހެޅުން އެދެމެވެ. މި ފޯމު ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:30 އަށް މި ސްކޫލުން ލިބޭނެއެވެ.

  1. 2 ކޮޓަރި (އެޓޭޗް ފާޚާނާއެކު)، ސިޓިންގރޫމަކާއެކު
  2. ކައްކައި ކެވޭގޮތަށް ހުރި ގެއެއް ކަމުގައިވުން.
  3. ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
  4. ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައި ހުރުން.
  5. ފާރުތަކުގައި ސިމެންތިޖަހައި ކުލަލާފައިހުރުން.
  6. ގޭގެ ހުރިހާ ތަނެއް ސީލިންގކޮށްފައި ހުރުން.

މިކަންކަމުގެ އިތުރުން ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.

ކުލީގެ މިންވަރާއި، ކަރަންޓްފީ ދައްކާ ގޮތާއި، ގެއާއި ސްކޫލާ ހުރި ދުރުމިނާއި، ގޭގައި ދިރިއުޅޭ މީހުންނަށް ގޭގެ ވެރިފަރާތުން ކައްކައިދިނުމަށް ކަނޑައަޅާގޮތާއި، ގެއާއި ގޯތިތެރެ ސާފުކޮށްބަލަހައްޓާނެ ގޮތާއި، އެހެނިހެން ޚިދުމަތްތަކާއި، ފަރުނީޗަރު، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރިތޯއާއި، ސެކިއުރިޓީ ބެލެހެއްޓުމާއި، ބޯފެނުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޑިސެންބަރު 2016
ހޯދާ