މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ގދ.ތިނަދޫއަށް ކޮންޓެއިނަރެއް ގެންދިއުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން ގދ.ތިނަދޫއަށް 1 މުދާ ކޮންޓެއިނަރ (20 ފޫޓުގެ) ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)10-F/1/2016/106 (06 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

19 ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016
ހޯދާ