ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

އިޢުލާން 

ޕްރީސްކޫލް ޓީޗަރުން ހޯދުމަށް: 

މަޤާމް: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ ގިންތި: ކޮންޓުރެކްޓް އުސޫލުން (2017 ވަނަ އަހަރުގެ ކިޔެވުން ނިމޭ ދުވަހުގެ ނިޔަލަށް) 

މަޤާމުގެ ކުލެސިފިކޭޝަން: ޕްރީސްކޫލް ޓީޗަރ 2

މަޤާމުގެ ރޭންކް: GS2

ވަޒީފާ އޮތް އޮފީސް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް، ބިލެތްދޫ ކައުންސިލްގެ އިދާރާ، ފ. ބިލެތްދޫ ޕްރީސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ފ. ބިލެތްދޫ ޕްރީސްކޫލް                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 

1. ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

2. މުޤައްރަރާ އެއްގޮތަށް ދަރިވަރުންނަށް ތަކެތި އުނގަންނައިދީ، އެކުދިންނަށް އެކަން ހާސިލުވާންޖެހޭ އެންމެ ފުންމިނުގައި ހާސިލުވިކަން ކަށަވަރުކުރުން.

3. ޕޭރަންޓް މީޓިންގތަކުގައްޔާއި، ޓީޗަރެއްގެ ހައިސިއްޔަތުން ބައިވެރިވާންޖެހޭ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވުން.

4. ކުދިންގެ ފޮތްތައް ދުވަހުން ދުވަހަށް ބަލައި، މާކްކޮށް، ދަރިވަރުންގެ އެންމެހައި ރެކޯޑުތައް ބަރާބަރަށް ލިޔެ ފުރިހަމަކޮށް ބެލެހެއްޓުން.

5. ދަރިވަރުންގެ އަޚްލާޤީ، ސުލޫކީ، ހުނަރު، ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި އިތުރު މަސައްކަތްތައްކުރުން.

6. ކޮންމެ ދުވަހަކު ކްލާސްރޫމު ތެރެ ފޮޅައި ސާފުކުރުން.

7. ކޮންމެ 2 ދުވަހަކުން 1 ދުވަހު އިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.

8. ދަރިވަރުން ފާޚާނާއަށް ގެންދިއުމުގައި އެހީތެރިވުން.

9. ކޮންމެ ދުވަހަކު ކްލާސްރޫމުގެ ގޮނޑިއާއި، މޭޒުތަކާއި، ކަބަޑުތައް ފޮޅައި ސާފުކުރުން.

10. ކިޔަވައިދިނުމާ ގުޅޭ އިތުރު ހަރަކާތްތައް ރާވައި ހިންގުން.

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް: 

މަޤާމް

މަޤާމުގެ

ރޭންކް

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މުސާރަ

ޕްރީ ސްކޫލް ޓީޗަރ

GS2

ޕްރީ ސްކޫލް

ޓީޗަރ 2

ޕްރީސްކޫލް ޓީޗިންގ ދާއިރާއިން، ސެޓުފިކެޓު 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަހަކު -/3،500

ރުފިޔާ 

ޢިނާޔަތްތައް:

ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (" ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު"  މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: 

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. 

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް (މި މަޤާމަށް މުވައްޒަފުން ހޮވުމުގައި، ފާއިތުވީ އަހަރުތަކުގައި ޕްރީސްކޫލްތަކުގައި ޓީޗަރެއްގެގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

ސިވިލް ސަރވިސްގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް، މަސައްކަތުގެ ފެންވަރުބަލާ ފޯމުން ފާއިތުވީ އަހަރު ހޯދި ނަތީޖާއާއި، ހާޒިރީއާއި، އުޅުމާއި އަޚްލާޤަށް ބަލައި ކަނޑައެޅޭ މިންގަނޑުން މާކްސް ދެވޭނެއެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނަ ތަނާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުކުރެވޭނީ، ވަޒީފާއަށް ކުރިމަތިލާ މީހުންގެ އަދަދު 10 އަށްވުރެ ގިނަނަމަ، ސޯޓްލިސްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އެހެންކަމުން، އެ ތާރީޚަށް އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެތިބުން އެދެމެވެ. 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، ބިލެތްދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އެހެނިހެން ކަންތައްތައް:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ، އުމުރުން 18 އަހަރުންމަތީގެ މީހަކަށް ވާންވާނެއެވެ. އަދި އުމުރުން 55 އަހަރުން މަތީގެ މީހަކަށް ވެގެން ނުވާނެއެވެ.

ނޯޓު:  

ހުށަހަޅަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އިދާރާގެ 6740013 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740595 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ