މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެލާނާގެ ފިހާރަ ކުއްޔަށް ދޫކުރުމަށް ބިޑު ފޯމު ބަލައިގަތުން

ވެލާނާގެ ފިހާރަ ކުއްޔަށް ދޫކުރުމަށް ބިޑު ފޯމު ބަލައިގަތުން

ވެލާނާގެ ފިހާރަ ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)138-AS1/138/2016/173 އިޢުލާނާ ގުޅިގެން އަގު ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 18 ވަނަ ދުވަހު 10:00 ގައި މި މިނިސްޓްރީގައެވެ.

އަގު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަގު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރަ އެޑްރެސް ކުރެވިފައި އޮންނަންވާނީ ކޯޕަރޭޓް ސެކްޝަނަށެވެ. ޕްރޮޕޯސަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004337 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

14 ރަބީޢުލްއައްވަލް 1438

13 ޑިސެންބަރު 2016
ހޯދާ