ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކަސްޓަމްސުން ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކަސްޓަމްސުން ކުލިއަރކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

2016 ޑިސެންބަރު 04 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ރާއްޖެއިންބޭރުން ގެންނަ މުދާ ކުލިއަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު: WAMCO-LOG/IUL/2016/93) އާ ގުޅިގެން، 2016 ޑިސެންބަރު 12 ވީ ހޯމަދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ދެ ފަރާތުންކަމަށް ވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމަވެ.

މަޢުލޫމާތު ސާފުކުރުން

25 ޑިސެންބަރު 2016 (އާދީއްތަ)

11.00(ހެނދުނު)

ބީލަން ހުށަހެޅުން

2 ޖެނުއަރީ 2017 (ހޯމަ)

11.00 (ހެނދުނު)

 

 

ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށް އެކަންޏެވެ. 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ ހެނދުނު 11.00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. 

ބީލަން ހުށަހަޅާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި ކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ ، މަޖީދީމަގު

ޕޯސްޓަލްކޯޑް:20161

މާލެ، ދިވެހިރާއްޖެ.

ފޯން ނަންބަރު: 3000581  

އީމެއިލް: [email protected]

15 ރަބީޢުލްއައްވަލް 1438

01 ޖަނަވަރީ 1970
ހޯދާ