ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސެކްރެޓަރީ، ސީނިއަރ އެޑްވަކަސީ އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމް:

ސެކްރެޓަރީ

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / މާލެ

 

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7600 ރުފިޔާ،

- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ،

ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ.

މަޤާމުގެ ޝަރުޠު:

ޖީސީއީ އޭލެވެލުން 2 މާއްދާއިން ފާސްވެފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމައި، ސޮއިކުރުވުން.

2. މުވައްޒަފުންގެ މުސާރަދިނުމުގެ އެންމެހައި މަސައްކަތްކޮށް، ކޮންމެ މަހެއްގެވެސް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.

3. މުވައްޒަފުންގެ ޗުއްޓީ ރެކޯޑް ބެލެހެއްޓުމާއި، ޗުއްޓީއަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކުރުން.

4. މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ހުރިހާ ލިޔެކިއުންތައް ތައްޔާރުކޮށް، ރައްކާތެރިކަމާއެކު ފަސޭހައިން ފެންނާނެގޮތަށް މުވައްޒަފުންގެ ރިކޯޑްތައް ބެލެހެއްޓުން.

5. ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިޢުލާނާއި، މުވައްޒަފުންނަށް ދެވޭ އެކި ލިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ކަނޑައަޅާފައިވާ މުއްދަތުގައި ފޮނުވުން.

6. ވަޒީފާތަކަށް މީހުން ހޯދުމަށް ކުރާ އިޢުލާނާ ގުޅިގެން މަޤާމަށް މީހުން ހޮވުމަށް ކުރަންޖެހޭ އިންޓަވިއުގެ މަސައްކަތްކޮށް ނިންމުން.

އެޑްވަކަސީ ޑިޕާޓްމަންޓް

މަޤާމް:

ސީނިއަރ އެޑްވަކަސީ އޮފިސަރ (ވަގުތީ)

(މި މަޤާމަށް ވަގުތީ މުވައްޒަފަކު ނަގާނީ 17 ސެޕްޓެންބަރު 2017 ގެ ނިޔަލަށެވެ.)

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

 

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/11550 ރުފިޔާ،

- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ،

- ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ.

 

މަޤާމުގެ ޝަރުޠު:

1. މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅުއްވާ  މިންގަނޑުގެ  7  ވަނަ  ސަނަދު  ހާސިލުކޮށްފައިވުމާއެކު،  މަސައްކަތާ  ގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ކޮމިޝަނުގެ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ، މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެވްރޭޖް %90 މާކްސް ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި އެޑްވަކޭޓްކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން، ކޮމިޝަނުގެ އެހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ދެނެގަތުމާއި، އިންސާނީ ޙައްޤުތަކަށް އާންމުން ހޭލުންތެރިކުރުމުގެގޮތުން އެޑްވަކަސީ ކެމްޕެއިންތައް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކުރުން.

2. އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއި، އާންމުން ހޭލުންތެރިކުރުމަށް އެކިކަހަލަ އެޑްވަކަސީ މެޓީރިއަލް ތައްޔާރުކުރުމަށް އިސްދައުރެއް އަދާކުރުން.

3. އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެގޮތުން ކޮމިޝަނުން ހިންގާ ޓްރޭނިންގ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުމާއި، ޓްރޭނިންގ ޕްރޮގްރާމްތަކުގައި ފެސިލިޓޭޓަރެއްގެގޮތުގައި މަސައްކަތްކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.

2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ (ހުށަހަޅާ ސެޓުފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓުފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވައި، އެޓެސްޓްކުރައްވާފައިވާ ކޮޕީއެކެވެ.)

3. ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ލެޓަރގެ އެޓެސްޓެޑް ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީއާއި، މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ ލިޔުން (އެޓެސްޓްކޮށްފައި)

ސުންގަޑި:

22 ޑިސެންބަރު 2016 ވަނަ ދުވަހުގެ 13:00 ގެ ކުރިން

 

އެހެނިހެން:

- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީކުރެވޭނެއެވެ.

- އެޕްލިކޭޝަން ފޯމު، މި ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3003122 ނަންބަރު ފޯނަށް، ނުވަތަ 3003152 ނަންބަރު ފޯނަށެވެ.

 13 ރަބީޢުލްއައްވަލް 1438
12 ޑިސެންބަރު 2016
ހޯދާ