އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ - މެޑިކަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އޮފިސަރ

ޑިޕާޓްމަންޓް: މެޑިކަލް

ތަޢުލީމާއި ތަޖުރިބާ:

1. ޑިޕްލޮމާ އިން ނާރސިންގ ނުވަތަ ގުޅޭ ދާއިރާއަކުން އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން.

2. މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.

3. މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.

4. އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.

5. ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ރާއްޖެއިންބޭރުގެ ކްލެއިމްސް، އޯޕީ އައިޕީ އިންވޮއިސްތައް ބަލައި ފާސްކޮށް، ބާޠިލުކުރަންޖެހޭ އެއްޗެއް ބާޠިލުކޮށް އެންގުން.

2. ކުއްލި ހާލަތްތަކުގައި ރާއްޖެއިންބޭރުގެ ކްލެއިމްސް ބަލައި ފާސްކޮށް، ކުންފުނީގެ ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.

3. ކަސްޓަމަރ ސަރވިސްއިން އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި:

2016 ޑިސެންބަރު 26 ވަނަ ދުވަހު 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސީވީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 14 ރަބީޢުލްއަައްވަލް 1438

13 ޑިސެންބަރު 2016
ހޯދާ