އަރިއަތޮޅު އުތުރުބުރީ ފެރިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ނީލަންކިޔުން

ނީލަން ކިޔުން

މި މަރުކަޒުން ބާވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަން ކިޔުން:

މި މަރުކަޒުން ބާވެގެން ނަގާފައިވާ ބައެއް ތަކެތި ނީލަން ކިޔުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 16:00 ގައި މި މަރުކަޒުގެ ގޯތިތެރޭގައި (ޕޯޓިކޯ ސަރަޙައްދުގައި) އޮންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 16:00 އަށް މަރުކަޒުގެ ޕޯޓިކޯގެ ކުރިމައްޗަށް ވަޑައިގެންނެވުން އެދެމެވެ.

މި ނީލަމުން ނަންގަވާ ތަކެތި ގެންދެވޭނީ ފައިސާ ދެއްކެވުމަށްފަހުގައެވެ. ނީލަން ނިމޭތާ 3 ދުވަހުގެ ތެރޭގައި މި މަރުކަޒު ހިމެނޭ ސަރަޙައްދުން ނުގެންދަވާ ތަކެތި ނައްތާލެވޭނެކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

12 ޑިސެންބަރު 2016
ހޯދާ