ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް - 2017

އިންޓަރ އޮފީސް / ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް - 2017

މި އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން، އޮފީސް / ކުންފުނިތަކުގެ މެދުގައި ނެޓްބޯޅަ މުބާރާތެއް 2017 ފެބުރުވަރީ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ (ފިރިހެން ޑިވިޝަން، އަންހެން 2 ވަނަ ޑިވިޝަން އަދި އަންހެން 1 ވަނަ ޑިވިޝަން) 3 ޑިވިޝަނެއްގެ ގޮތުގައެވެ.

މުބާރާތުގެ ގަވާއިދު އެސޯސިއޭޝަންގެ ވެބްސައިޓް http://netball.mv/rule.php އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވުމާއެކު، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ އޮފީސް / ކުންފުނިތަކުން ބައިވެރިވާން އެދޭ ކަމުގެ ލިޔުން، ފޯކަލް ޕޮއިންޓުގެ މަޢުލޫމާތު ހިމެނޭގޮތަށް 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7456538 އަށް ގުޅުއްވުން އެދެމެވެ.

08 ޑިސެންބަރު 2016
ހޯދާ