ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް 2017 ޖަނަވަރީ 1 އިން 2017 ނޮވެންބަރު 30 ގެ ނިޔަލަށް، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބާއެކު ގެއާއި ގޯތީގެ ފްލޯޗާޓުގެ އިތުރުން އިންވެންޓްރީ ލިސްޓު ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

ތާރީޚު: 18 ޑިސެންބަރު 2016

ތާރީޚު: 22 ޑިސެންބަރު 2016

ގަޑި: 11:30

ގަޑި: 11:30

ތަން: ނަޑެއްލާ ސްކޫލް (އޮފީސް)

ތަން: ނަޑެއްލާ ސްކޫލް (އޮފީސް)

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް، ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެންގެވޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6840064 ނުވަތަ 7983088 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016
ހޯދާ