މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2,462/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ފައިނޭންސް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އެކައުންޓިންގ  ނުވަތަ  ބިޒްނަސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓް މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ  ނުވަތަ  ބިޒްނަސް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ހާސިލުކޮށްފައިވުމާއެކު،  އެކައުންޓިންގ ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މިނިސްޓްރީގެ ބަޖެޓާއި އެހެނިހެން އެކައުންޓުތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ކޮންޓްރޯލްކުރުމާއި، އެކައުންޓްތަކުގެ ހުރިހާ ކަމެއް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

2. ވޭތުވެދިޔަ އަހަރުގެ ފައިނޭންޝަލް ސްޓޭޓްމަންޓްތައް، ހިނގާ އަހަރުގެ 31 މާޗުމަހުގެ ކުރިން ފައިނޭންޝަލް ކޮންޓްރޯލަރުގެ ލަފާގެމަތިން އެ އިރެއްގެ ފައިނޭންސް ޔުނިޓުގެ އިސްވެރިޔާއެކު މަސައްކަތްކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

3. ޔުނިޓުގެ އިސްވެރިޔާއާއެކު، ކޮންމެ ތިން މަހުން އެއްމަހު ބަޖެޓުގެ ޕާރފޯމަންސް ރިޕޯޓް އެކުލަވައިލުމާއި، ފައިނޭންޝަލް ކޮންޓްރޯލަރާއި، ސިޔާސީ ބޭފުޅުންނަށް މަޢުލޫމާތު  ފޯރުކޮށްދިނުން.

4. ޕޭމަންޓްތައް  ދުވަހުން  ދުވަހަށް  ޗެކުކުރުމާއި،  ވައުޗަރ  ރަޖިސްޓަރީ  ދުވަހުން  ދުވަހަށް އަޕްޑޭޓްކުރުވުމާއި، އެސް އޭޕީ ސިސްޓަމުން ޕޭމަންޓްތައް ކްލިޔަރކޮށް، މައްސަލަހުރި ޕޭމަންޓްތަކުގެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ގުޅައިގެން ޙައްލުކޮށް ނިންމުން.

5. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ އިސްވެރިންނާއެކު އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މިނިސްޓްރީގެ ބަޖެޓުގެ އެކިއެކި ކަންކަމާ ގުޅިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

6. މިނިސްޓްރީން ދޭންޖެހޭ ޚިދުމަތަކަށް ބަޖެޓުގައި ހިމެނިފައިނުވާ ފައިސާއެއް ހޯދަން ޖެހިއްޖެ ހާލަތެއްގައި ޕަރމަނަންޓް ސެކްރެޓަރީއާއި ފައިނޭންސް ކޮންޓްރޯލަރުގެ އިރުޝާދުގެ ދަށުން އެ ފައިސާއެއް ހޯދުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން.

7. ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ބަލައި، ކަނޑައެޅިފައި އޮންނަ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން މަސައްކަތް ނުކުރާ މުވައްޒަފުންނަށް މަސައްކަތް ނިންމުމަށް ބާރުއަޅައި، އަންގާގޮތެއްގެ މަތިން މަސައްކަތް ނުކުރާ މުވައްޒަފުންނާމެދު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް ހިއުމަން ރިސޯސް ޔުނިޓާ ގުޅިގެން އެޅުން.

8. ކޮންމެ މަހެއްގައި މިނިސްޓްރީގެ ބިޒްނަސް އޭރިޔާއާއި ލިބިފައިވާ އެހީތަކުގެ ފައިސާ ރިކޮންސިލިއޭޝަންކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.

9. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް، ފައިނޭންޝަލް ކޮންޓްރޯލަރާއި، ފައިނޭންސް ޔުނިޓުގެ އެއިރެއްގެ އިސްވެރިޔާގެ ލަފާގެމަތިން ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.

10. މިނިސްޓްރީއަށް ޕެޓިކޭހުގެގޮތުގައި ފައިސާ ލިބިއްޖެނަމަ، މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ޕެޓީކޭސް ބެލެހެއްޓުމާއި، ޕެޓީކޭހުން ޚަރަދު ކުރެވެމުންދާގޮތް ޗެކުކުރުން.

11. މިނިސްޓްރީން ހިންގާ މަސައްކަތްތަކުގައްޔާއި، މިނިސްޓްރީން ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

12. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

 

1. ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.

2. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުމާއި، މައިކްރޯ ސޮފްޓް އެކްސެލް ބޭނުންކުރަން އެނގޭ މިންވަރު.

3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

4. ސަރުކާރުގައި ބޭނުންކުރާ އެކައުންޓިންގ ސޮފްޓްވެއަރ ސެޕް ބޭނުންކުރަން އެނގިފައިވާ މިންވަރު.

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

 

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން. 

9. މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން، 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:  

2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަވިއު:

އިންޓަވިއުއާއި  އިމްތިޙާންކުރުން  26  ޑިސެންބަރު  2016  އާއި 12  ޖަނަވަރީ  2017  އާ  ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ 3018329 ނަންބަރު ފޯނަށް، ނުވަތަ 3018330 ނަންބަރު ފޯނަށް، ނުވަތަ 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

8 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ