މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮހުގެ އިރުދެކުނު ސަރަޙައްދު ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް

އިޢުލާން

ބ.މާޅޮހުގެ އިރުދެކުނުކޮޅު ސަރަޙައްދު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުން

ހ) މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުގެ އިރުދެކުނު ސަރަޙައްދު ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ 2483 (ދެހާސް ހަތަރުސަތޭކަ އަށްޑިހަ ތިނެއް) އަކަމީޓަރުގެ 2 (ދޭއް) ބިމުގައި ސިޓީހޮޓާ ތަރައްޤީ ކުރުމަށް ބ.މާޅޮހު ކައުންސިލުން ކަނޑައަޅައިފީމެވެ.

ށ) އެ ދެ ބިމުގައި އަމިއްލަ ޚަރަދުގައި ސިޓީހޮޓާ ތަރައްޤީކޮށް، އިމާރާތްކުރުމަށްފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބިޑު ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ތައްޔާރުކޮށް، ސިޓީއުރައެއްގައި ބަންދުކޮށް، މި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

ނ) ސިޓީހޮޓާ ތަރައްޤީކުރުމަށް ދޫކުރެވޭ 2 (ދޭއް) ބިން ކުއްޔަށް ދޭނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން، ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ.

ރ) އެ ދެ ބިމުގައި އަމިއްލަ ޚަރަދުގައި ސިޓީހޮޓާ ތަރައްޤީކޮށް، އިމާރާތްކުރުމަށްފަހު ހިންގައި ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، އަދި މިކަމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް ގަތުމަށް، 2016 ޑިސެންބަރު 15 އިން ފެށިގެން 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އާ ދެމެދު ތިރީގައިވާ އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލުގެ އިދާރާ
އޯކިޑުމަގު
ބ.މާޅޮސް (06070)
ދިވެހިރާއްޖެ
ފޯން ނަންބަރު: 6600056
ފެކްސް ނަންބަރު: 6600056
އީމެއިލް އެޑްރެސް: [email protected]

ބ) މި ބިޑް ޑޮކިއުމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް، މާއްދާ ރ) ގައި ބަޔާންކޮށްފައިވާ އެޑްރެސް، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލުގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ޅ) ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު، ކަނޑައެޅިފައިވާ މުއްދަތާ ހަމައަށް އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ، ދިވެހިންނަށް -/1000 (އެއްހާސް) ރުފިޔާއަށް، ރާއްޖެއިން ބޭރުގެ ފަރާތެއްނަމަ -/2000 (ދެހާސް) ރުފިޔާއަށެވެ.

ކ) ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

1. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ.

2. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާޓްނަރޝިޕުގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ އަމިއްލަ ފަރުދަކު ކަމުގައިވާނަމަ، އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

3. ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ ފައިސާ ހުށަހަޅަންވާނެއެވެ.

އ) ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލުގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓުގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ.

ވ) ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއް ކަމުގައިވާތީ، އެއީ އެހެން ފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ބިޑް ގަތުމަށް ހޭދާކުރާ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއްނޫނެވެ.

މ) ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑް ހުށަހަޅަނީ، އެ ދެ ބިމުގައި ނުވަތަ އެ ދެ ބިމުންކުރެ ބިމެއްގައި އަމިއްލަ ޚަރަދުގައި ސިޓީހޮޓާ ތަރައްޤީކޮށް، އަދި އެތަންތަން އިމާރާތްކުރުމަށްފަހު އެތަންތަން ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ދެ ބިމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުންވެސް ކޮންމެ ބިމަކަށް ވަކި ބިޑް ޑޮކިއުމަންޓެއް ގަންނަންވާނެއެވެ.

ފ) ބިޑް ހުށަހެޅުމަށް ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 2017 ޖަނަވަރީ 16 ވަނަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލުގެ އިދާރާގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ޕްރީ-ބިޑް ބައްދަލުވުން ބޭއްވޭނެ ތަނާއި ވަގުތައް ބަދަލެއް އަތުވެއްޖެނަމަ، އެކަން ބިޑް ގަތް ފަރާތްތަކަށް އެންގޭނެއެވެ.

ދ) ބިޑް ހުށަހަޅަންޖެހޭނީ، ސިޓީއުރައެއްގައި ބަންދުކޮށް، 2017 ފެބުރުވަރީ 12 ވަނަ ދުވަހުގެ މެންދުރުފަހުގެ 1:00 ގެ ކުރިން، ކައުންސިލުގެ އިދާރާއަށެވެ. ނުވަތަ އެކަން ކުރުމަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި، ދުރާލައި ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ތ) ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 2016 ފެބުރުވަރީ 12 ވަނަ ދުވަހުގެ މެންދުރުފަހުގެ 1:00 ގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަން ކުރުމަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި، ދުރާލައި ޢާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ.

ލ) ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ބައްލަވައިގަތް އެންމެހައި ފަރާތްތަކަށް ކައުންސިލުގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން ޢާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

12 ޑިސެންބަރު 2016
ހޯދާ