ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސަޕޯޓް ސްޓާފް

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލޭ ހޮސްޕިޓަލުގެ ޓްރާންސްޕޯޓް

ތަޢުލީމާއި ތަޖުރިބާ:

- އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ B1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.

- މަޤާމާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، ގިނަވަގުތު މަސައްކަތުގައި ގުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހޮސްޕިޓަލުގެ ދުއްވާ އުޅަނދުފަހަރު ދުއްވުން.

2. ބަލިމީހުންނާއި ތަކެތި އެމްބިއުލެންސްއަށާއި އެހެނިހެން ވެހިކަލްތަކަށް އަރުވައި ބޭލުމުގައި އެހީތެރިވެދިނުން.

3. ހޮސްޕިޓަލުގެ ވެހިކަލްތަކުގެ ދަތުރުތަކާއި ތެލުގެ ހިސާބުތައް ލޮގުފޮތުގައި ލިޔެ ބެލެހެއްޓުން.

މުސާރައާއި ޢިނާޔަތް:

ހުޅުމާލެ ހޮސްޕިޓަލުގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި:

2016 ޑިސެންބަރު 15 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން.

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލޭ ހޮސްޕިޓަލުގެ އިދާރީ އޮފީހަށް (ލޮޓް ނަންބަރު E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް) ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލުގެ www.hmh.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފޯމު.

2. ސީވީ.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

އިންޓަވިއު:

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، ހުޅުމާލޭ ހޮސްޕިޓަލުގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

8 ރަބީޢުލްއައްވަލް 1438

07 ޑިސެންބަރު 2016
ހޯދާ