ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބޮޑުފޮޅުދޫ މަދަރުސާގައި ބައެއް މަރާމާތު ކުރުމާބެހޭ

މި އިދާރާގެ ނަންބަރު:GS149/2016/23 (10 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަރާމާތުތައް ކޮށްދޭނޭ ފަރާތްތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 4 ފާޚާނާގެ ދޮރުފަތް މަރާމާތުކުރުން
  • ޕްރީ ސްކޫލުގެ ކްލާސްރޫމުގެ ދިޔަދޮވި މަރާމާތުކުރުން
  • ސްކޫލުގެ ގޭޓް ހެދުން
  • ބާ އިމާރާތުގެ ހުޅަނގުފަރާތުގެ ފާރުގައި ކަނޑައިގެން ގޮސްފައިވާތަން ބެއްދުން
  • ސްޓޭޖް ކްލާސްރޫމުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ލެއްވުން
  • އޮފީސް އެޑްމިންގެ ކެބިންތަކެއް ހެދުން (3 ކެބިން)

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި 6660841 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

06 ޑިސެންބަރު 2016
ހޯދާ