ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސްކުރުން 2017

މި މަދަރުސާގެ ނަންބަރު GS160/2016/Iulan/322 (8 ނޮވެންބަރު 2016) އިޢުލާނުގައި މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް އިޢުލާން ކުރުމުން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް މިނިސްޓްރީން ވިދާޅުވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުގެ ސެކިއުރިޓީ 2017 ވަނައަހަރަށް އައުޓްސޯސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

އެގޮތުން، ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހުގެ މުއްދަތަށް (1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 އަށް) މި މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތާބެހޭ މަޢުލޫމާތުޝީޓު "ސަރުކާރުގެ ސްކޫލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އުސޫލު" މިއަދުން ފެށިގެން ސްކޫލުން ލިބެން ހުންނާނެއެވެ.

އެހެންކަމުން ދަންނަވަމެވެ. މި މަސައްކަތާބެހޭ މަޢުލޫމާތުޝީޓު ސްކޫލުން ނަންގަވައި، މަޢުލޫމާތުޝީޓު ރަނގަޅަށް ވިދާޅުވުމަށްފަހު، ސްކޫލުން ދޫކުރާ މި މަސައްކަތުގެ ބިޑް ހުށަހަޅާ ފޯމު ފުރުއްވައި 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 13:00 އަށް ބިޑް ހިއްޕަވައިގެން ސްކޫލަށް ހާޒިރުވުމަށް ދަންނަވަމެވެ.

ކޮންމެ ބޭފުޅެއްގެ ބިޑް ހިއްޕަވައިގެން ވަޑައިގެންނެވޭނީ އެބޭފުޅަކަށެވެ. ނުވަތަ އެބޭފުޅެއްގެ ޒިންމާ ނެންގެވޭނެފަދަ ޒިންމާދާރު އެހެން ބޭފުޅަކަށެވެ. އަދި ކޮންމެ ބޭފުޅަކަށް / ފަރާތަކަށް ހުށަހެޅޭނީ އެއް ބިޑް ޑޮކިޔުމެންޓް ކަމުގައިވެސް ދަންނަވަމެވެ.

07 ޑިސެންބަރު 2016
ހޯދާ