ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

2017 ވަނަ އަހަރު މަގުބައްތިތައް ބެލެހެއްޓުމާބެހޭ

މި ރަށުގެ މަގުތަކާއި ބަނދަރު ސަރަޙައްދުގައި ޖަހާފައިވާ މަގުބައްތިތައް 2017 ވަނަ އަހަރު މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ކަމާބެހޭ މައުލޫމާތު ދިނުން އޮންނާނީ 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 13:00 ގައި މި އިދާރާއަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

7 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ