ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފަން ބޭނުންވާ ގޭގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  • 2 ނިދާކޮޓަރި - އެޓޭޗް ފާޚާނާއާއި ފަރުނީޗަރާއެކު (މަދުވެގެން 1 ކޮޓަރީގައި އޭ.ސީ ހުންނަންވާނެއެވެ.)
  • ސިޓިންގރޫމް، ބަދިގެ - ފަރުނީޗަރާއެކު (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • މީހުން ދިރިއުޅޭ ގެއެއްގެ ބައެއްގައި ނަމަ، އިލެކްޓްރިކް މީޓަރ ވަކިކުރެވިފައިހުރުން.

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 13 ވާ ހޯމަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް

2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބުތައް ކަނޑާނީ، އަންދާސީހިސާބު ހުށަހެޅި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ.

08 ޑިސެންބަރު 2016
ހޯދާ